އިންޑޮނޭޝިއާގެ ރައީސް ވަނީ އެގައުމުގެ ވެރިކަން ކުރާ ޖަކާޓާ އެހެން ރަށަކަށް ބަދަލް ކުރުމަށް ނިންމާފައެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް ބަދަލްކުރުމަށް މަޝްވަރާ ކުރެވެމުން އަންނަތާ އަހަރުތަކެއް ފަހުން މިހާރު ވަނީ ރަށް ބަދަލް ކުރަން ނިންމާފައި ކަމަށް އެގައުމުގެ ރައީސް ވިދާޅު ވެއްޖެއެވެ. މި ބަދަލު ގެންނަން އަދި ވަކި ތަނެއް ނުނިންމައެވެ. އެންމެ ކާރިން ވިސްނަމުން އަންނަނީ އެގައުމުގެ ޖާވާގެ ސިޓީ އަކަށެވެ.

".އަދި ވަކި ތަނެއް ކަނޑައެޅުން ކުރިއަށް އޮތީ. 10 ވަރަކަށް އަހަރު އަހަރު މި މަރުހަލާގައި ނަގާނެ ހެން އަޅުގަނޑަށް ހީވޭ" އިންޑޮނޭޝިއާގެ ޕްލޭނިންގް މިނިސްޓަރ ބަމްބަންގް ބްރޮޖޮނެގޯރޯ ބުންޔެވެ.

ޖަކާޓާ އަކީ އާބާދީގެ ގޮތުން 10 މިލިއަން މީހުން އުޅޭ ސިޓީ އެކެވެ. އަދި 30 މިލިއަން ވަރަކަށް މީހުން އެންމެ މީހުން ގިނަ ހިސާބުގައި ދިރިއުޅެއެވެ. ޖާވާ އަކީ 140 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ 4 ވަނައަށް އެންމެ ބޮޑު ރަށެވެ. އެއީ އެ ގައުމުގެ ދެބައިކުޅަ އެއްބައި އާބާދީއެވެ.

ހަބަރު ތަށް ބުނާގޮތުން އެންމެ ކާރިން ވެރިކަން ކުރާ ސިޓީއަކަށް ހަދަން އޮތީ "ޕަލަންކާ ރާޔާ" އެއީ ބޮނިއޯ ގެ ސީޓީއެކެވެ. މި ސިޓީއަކީ ޖަކާޓާ އަށް ތުރެ ބޮޑު އަދި އާބާދީގެ ގޮތުން މަދު ބައެއް ދިރިއުޅެމުން އަންނަ ސިޓީއެކެވެ. އަދި މިރިޕޯޓްގައި ބުނާގޮތުން ބިންހެލުންތަކާއި ފަރުބަދަތަށް ގޮވުމުގެ ފުރުސަތު މިތަނުގެއި ކުޑަވާނެއެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް ބަދަލް ކުރުމަށް މަޝްވަރާ ކުރެވެރެމުން އަންނަތާ މިހާރު އެތަކެއް އަހަރު ތަކެއް ފާއިތު ވެއްޖެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔާމީހެއް

    ''އިންޑޮނޭޝިއާގެ ރައީސް ވަނީ އެގައުމުގެ ވެރިކަން ކުރާ ޖަކާޓާ އެހެން ރަށަކަށް ބަދަލް ކުރުމަށް ނިންމާފައެވެ."

    މީއީ ހާދަހާ ބޮޑު ކަމަކަށް ވާނެތާއެވެ!! ވެރިކަންކުރާ ޖަކާޓާ އެހެން ރަށަކަށް ބަދަލުކުރާނަމަ ތިޔަހަރަ ބޮޑެތި ބިނާތައްވެސް މުލުން ލުހެގެން ޖެހޭނީ ގެންދަންތާއެވެ!! ދިވެހިބަހުން އެއްޗެއް ލިޔެ ދޫކޮށްލާއިރު ތިމާއަށް މި ބުނެވެނީ ކީކޭކަން ބަލައިލާނަމަ މިކަހަލަ ހެއްވާ ތާކުންތާކު ނުޖެހޭ ޢިބާރާތެއް ނުލިޔެވޭނެއެވެ.
    ބުނަން ބޭނުންވަނީ ވެރިކަންކުރާ ރަށަކީ ޖަކާޓާގެ ބަދަލުގައި އެހެން ރަށެއްކަމަށް ހަމަޖައްސާ ވާހަކަ ދޮގެއްތޯއެވެ!! އޭގެ މާނައަކީ ޖަކާޓާ އެހެން ރަށަކަށް ބަދަލުކުރުމެއް ނޫންތާއެވެ!!

    16
    • ސޮރު

      ކަލޭ ހާދަ މޮޅޭ