މިޔަންމާގެ ރަކީން ސްޓޭޓުގައި އެޤައުމުގެ ސަލާމަތީ ބާރުތަކުން ހަތިޔާރު ބޭނުންކޮށްގެން އާންމުންނަށް ހަމަލާދީ މަރަން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިޔަންމާގެ ސިފައިން އާންމުންގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 7 އަށް އަރާފައިވާއިރު، މި ހާދިސާ ހިނގާފައި ވަނީ ރަކީން ސްޓޭޓުގައި އެޤައުމުގެ އަސްކަރީ ބާރުތަކުން އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

މި އޮޕަރޭޝަކީ އެ އަވަށުގައި ދިރިއުޅޭ މީހުން، މިޔަންމާގެ ހަނގުރާމަވެރި ޖަމާޢަތަކާއި ގުޅުން އޮންނަ ކަމަށް ބެލެވިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެއެވެ. މި އޮޕަރޭޝަންގެ ދަށުން އަވަށުގެ މީސްމީހުންޏާއި ސުވާލުކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ބަޑި ޖަހައި އެއްބަޔަކު މަރާލާފައިވަނީ އިއްޔެ ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގައި އާންމުންގެ ހަތް މީހަކި ރަކީން ސްޓޭޓުގައި މަރާލިކަން މިޔަންމާގެ ރަސްމީ އިދާރާތަކާއި އެޤައުމުގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުންވެސް ކަށަވަރުކޮށްދެއެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި އިއްޔެގެ ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު އަށް މީހަކަށް ސީރިއަސް އަނިޔާ ލިބިގެން ފަރުވާދެމުންދާ ކަމަށެވެ.

ރަކީން ސްޓޭޓަކީ މިޔަންމާގެ ރޮހިންޔާ މުސްލިމުން އުޅުނު ސަރަހައްދެވެ. މީގެ ކުރިން މި ސަރަޙައްދުގައި މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގި ޖަރީމާތަކުގައި 4000 އަށް ވުރެ ގިނަ އާއްމު ރައްޔިތުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރު އެޤައުމުގެ އަސްކަރިއްޔާ އާއި ހައްދުފަހަނަ އަޅާފައިވާ ބުދިސްޓުން ވެގެން ދިން ހަމަލާތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި، 600000 މީހުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އެ މީހުން ވަނީ މިޔަންމާއަށް އަނބުރާ ދިޔުމަށް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމިޔާ

    ތިޔައަމަލަކީ ނިރުބަވެރި އަމަލެއްނޫންވީމަ ބުނާނެއެއްޗެއްނެތް . ޔަހޫދީ އައިސިސް ޖަމާއަތުގެ ލޮލަށް މިރުސްދުންއެޅިފަތިބީމަ ނުފެންނަނީތޯއްޗެ ؟

  2. ކިންގްފިޝަރ

    ވިސްނާލައްވާ. ރޯދަމަސް އައީ. އެއީވެސް މުސްލިމުން. އައިސިސްވެސް މުސްލިމުން މަރާ މީހުންނާ ދެކޮޅެއްނޫން. އެހެންވީމާ އެނގޭކަމަކީ އެއީ ހުޅަނގުން ހިންގާ ޖަމާޢަތެއްކަން. މިކަން އެމެރިކާ އަކަށްވެސް ބޮޑެއްނުވާނެ. އެކަމު ރާއްޖެއިން މީހަކު ފޮޑިއެއް ޖެހިޔަސް އެކަމާގުޅުވާ ޓްރެވަލް އެޑްވައިޒަރީއެއް ނެރޭނެ. ސަމާލުވޭ ރައްޔަތުންނޭ.

    5
    1
  3. ބޮންދުމޭން

    މިޔަންމާގާއި ސިފައިން ބޮރޮ މޮުޔަ. އަބަދް އަބަދްގާ ބަާޑްޖަހާ ކޮންމެސްމިހާ މަރާނި. ބޮއެހަލާކް. ކޮންވައްތަރު ސިސްޓަމް މިޔަންމާގާއި ހުންނަނީނޭނގޭ ... ދެންހުރިހާމީހާ ރޯޖާގަޑީގާ އަންނަނީ ބަންގްލަދޭޝް. ބޮރް ޝަމޯޝާ..