ނިއު ޒިލޭންޑްގައި 50 އަކަށް މުސްލިމުން ޝަހީދު ކޮށްލެވިގެންދިޔަ ހާދިސާގެ މަތިން އަދި ހަނދާނެތް ނުނެތެއެވެ. ކްރައިސްޓް ޗާޗުގައި ހުންނަ ދެ މިސްކިތެއްގެ ތެރެއަށް ވަން ނިރުބަވެރިޔާގެ ރަހުމު ކުޑަ ހަަމަލާތަކުން މުސްލިމް އެތައް ބަޔަކު، ނަމާދުގެ މަތިވެރި އަޅުކަމުގައި ތިއްބާ އެތައް މިތަނަށް ބަޑި ޖަހާ މަރާލެވުނު މަންޒަރު އެތައް ބަޔަކަށް ފެނުނެވެ. އެކަމާ މުޅި މުސްލިމް އުންމަތް ހިތާމަކުރިއެވެ. އިސްލާމުންނާ ދެކޮޅަށް ހިންގޭ އެފަދަ ގަތުލް އާންމުތަކަށް ދުނިޔޭގެ ލޯވެސް ހުޅުވިގެން ދިޔައެވެ.

ގިނަ ބަޔަކު އަމާން ދިރިއުޅުމެއް ހޯދަން ހިޖުރަކޮށްގެން އުޅޭ އެ ހިސާބުގަނޑުގައި ދިރިއުޅެމުން ދިޔައީ އެކި ގައުމުތަކުގެ މީހުން ނަމަވެސް، ހަމަލާއާއެކު ފެނިގެން ދިޔައީ މުސްލިމުންގެ އަހުވަންތަކެެވެ. ނިއު ޒިލޭންޑުން އެ ހަމަލާއާ ގުޅިގެން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިއެވެ.

ހަމަލާއަށްފަހު އެ ސަރަހައްދުގެ ކަންކަން އަދިވެސް އެންމެ އާންމު ހާލަތަށް ގޮސްފައި ނުވާ އިރު، އެ ހަމަލާގެ ބިރުވެރިކަމާ ނާމާންކަން މިސްކިތްތަކަށް ދާ ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވެއެވެ. ހަމަލާތަކުގައި ޒަހަމްވި އެކަކީ ތުރުކީގެ ރައްޔިތެއް ކަމަށްވާ ތެމާލް އަޓަކޮކޫގޫއެވެ. އޭނާ ގައިގެ ނުވަ ތަނަކަށް ވަޒަން އަރާފައިވެއެވެ. އޭގެ ތެރޭގައި އަތުގެ ތިން ތަނަކަށް، ފައިގެ ފަސް ތަނަކަށް އަދި މޫނަށްވެސް ވަޒަން އަރާފައިވެއެވެ.

ކޮންމެއަކަސް އެ ހާދިސާއަށް ާ ގިނަ ދުވަސް ވެފައި ނުވާ އިރު، ތެމާލް ދަނީ އަދިވެސް ބޭސްކުރަމުންނެވެ. އެތައް ބޭހެއް ކާން ޖެހުމުން ތެމާލްއަށް ރޯދަ ހިފުމުން މަހުރޫމް ވެފައިވާ ނަމަވެސް، އޭނާގެ އުންމީދައް ފޮންޏެވެ.

"އެކުވެރި އަހުންނާ އުހުތުން. އަހަންނަށް އެތަކެއް ބޭސްތަކެއް ކާން ޖެހުމުން. މިހާރު ރޯދަ ހިފުމުން ވަނީ މަހުރޫމް ވެފައި. އެކަމަކު އަހަރެން ރަމަޟާން މަހުގެ ބަރަކާތް ލިބި ގަންނަން މަސައްކަތް ކުރަން. އިހުތިރާމް ކުރުމުގެ ގޮތުން އެއްވެސް މީހެއްގެ ކުރިމަތީގައި ކައި ފެންބޮއެ ނަހަދަން. މިސްކިތުގައި ކުރާ މަސައްކަތްތަކުގައިވެސް ވީވަރަކުން ބައިވެރިވަން،" ތެމާލް ބުންޏެވެ.

ތެމާލްއަށް މި ރޯދަ މަސް ތަފާތެވެ. އޭނާ ބުނެފައި ވަނީ އުންމީދަކީ އަނެއް ރޯދަ މަހުގައި ރޯދަ ހިފާ، އެންމެންނާ ބައިވެރިވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    އަލްޙަމްދުލިﷲ މާތްﷲ ތެމާމަށް ރަޙްމތާއި ބަރަކާތް ލައްވާށިއެވެ. އަދި އެފަދަ އަޤީދާ ވަރުގަ މުސްލިމުން ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ.