ދީނުން ބޭރުވި ކަމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ނިންމާފައިވާ މީހަކަށް ކެނެޑާއިން މިއަދު ހިމާޔަތް ދީފިއެވެ.
ޕާކިސްތާނުގެ އުމުރުން 55 އަހަރުގެ އާސިއާ ބީބީ ނަމަކަށް ކިޔާ މި އަންހެން މީހާ ޕާކިސްތާނު ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ އަހަހަރު އެވެ.
ރިޕޯޓްތައް ބުނާގޮތުން، އެނާއަށް ކެނެޑާއިން ހިމާޔަތް ދިނީ ޕާކިސްތާނުން އޭނާއަށް އެކަށީގެވާފަދަ މިނިވަން ޝަރީއަތެއް ހިންގާފައި ނުވާތީއެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ވަނީ މި އަންހެންމީހާ ދީނުން ބޭރުވުމުގެ ކުށް ސާބިތުވުން މަރަން ހުކުމް ކޮށްފައެވެ. ނަމަވެސް ބޭރުގެ ޕްރެޝަރާއި ހެދި މިހާރު މި އަންހެން މީހާ ވަނީ މިނިވަން ވެފައެވެ.
ކެނެޑާއިން ބިބީ އަށް ހިމާޔަތް ދިން އިރު އޭނާގެ ގާނޫނީ ވަކީލު ބުނާގޮތުގައި ބީބީ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އާއިލާއާއެކު ކަމަށެވެ.
މި އަންހެންމީހާ ހައްޔަރު ކުރީ ޕާކިސްތާނުގެ ދެ އަންނެހުނަނާ ޒުވާބުކޮށް "ކުފުރުވި" ކަމުގެ ތުހުމަތުގައެވެ. އެމީހުންނާ ބިބީ ޒުވާބުކުރީ އޭނާއަކީ "ކާފަރެއް" ކަމުން އޭނާ ފެންބޯ ވަޅަކުން ފެން ނުބޯނެކަމަށް އެ ދެ އަންހެނުން ބުނުމުންނެވެ.
ކެނެޑާއިން މި މައްސަލައިގައި އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ޜަގަޅު. ދިރި ހުރުމުގެ ހައްްގު އެންމެނަށް ލިބިގެންވޭ
ކިރިސްތިޔަނަކު އިސްލާމްވެގެން އޭނަގެ ގައުމުން ނުވަތަ މައިންބަފައިންގެ ފަރާތުން ނުރައްކާ އޮތްކަމަށް ބުނެ ރާއްޖެ އަތުވެއްޖެއްޔާ އޭނަޔަށް ހިމާޔަތާއި ރައްކާތެރިކަން "ހިއުމަން ރައިޓްސް" ގެ ދަށުން ނުދޭނެތޯ!؟
މަރާލާ
ކެނެޑާއަކީ އިންސާނީ ހައްގުގެ ނަމޫނާ ގައުމެއް