ކުވޭޓް އެއާޕޯޓުގައި ބޮއިން 777 ގެ ބޯޓެއް ޓޯ ކުރަން އުޅުނު އިންޑިއާ މީހެއް ބޯޓުގެ ފުރޮޅު ދަށުވެ މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާގައި މަރުވީ ކެރެލާއަށް އުފަން އަނަންދް ރަމަޗަންދުރަން، 36 ނަމަކަށް ކިޔާ ކުވޭތް އެއާވޭސްގެ ގްރައުންޑް ސްޓާފެކެވެ.

އަނަންދްއަކީ ކުވޭތް އެއާވޭސްގައި 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

މިހާދިސާ ހިންގި އަނަންދް އިރު އޭނާގެ ބައްޕަ އާއި ބޭބެ އަދި އަންހެނުންނާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ހުންނަނީ ކެރެލާގައެވެ.

އަނަންދް މަރުވީ އެއްވެސް މީހަކު ނެތް ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ޓޯ ކުރަން އުޅުމުގެ ތެރޭގައެވެ. ޓޯކުރަން އައި މަތިންދާބޯޓުގައި އެއްވެސް ފަސިންޖަރެއް އަދި ކުރޫއެއް ނެތެވެ.

ކުވޭތް އެއާވޭސް އިން ވެސް ބުނީ، ދިމާވި އެކްސިޑެންޓެއްގައި އެއާކުރާފްޓެއް ޓޯ ކުރަން އުޅުނު ޓެކްނިކަލް ސްޓާފެއް މަރުވެފައިވާ ކަމަށެވެ. ކަމާބެހޭ އިދާރާތަކުން އެކަމުގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެ އެއާވޭސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަހްމަދު

  ޕިސް. ޕިސް..
  ޙަބަރު ކިޔާ ނިމުނު އިރުވެސް އެއްވެސް މީހަކު ނެތް ބޯޓެއްގެ ފުރޮޅު ދަށު މި މީހާ ވީ ކިހިނެތް ކަމެއް ސާފެއް ނުވި.. މި ވައްތަރުގެ ހަބަރު ނުގެނެސްދިނިއްޔާ ރަނގަޅީ..

  86
  6
  • ާަައިޒް

   ޓޯކުރަންއުޅެނިކޮއް މަރުވިވާހަކައެއޮތީނު ޙަބަރުގަ

   2
   2
  • ދެން ހެޔޮ

   ޓޯކުރަން އުޅެނިކޮށް ކަމަށް އެބައިން ބުނެފަ

   2
   2
 2. ޝަހާދެއް

  މިކަހަލަ ހިތްދަތި ޙާދިސާތައް ފޮޓޯ އާއެކު ނުޖަހަބަލަ، ޝަހާދެއް! މިހާރުވެސް އަހަރުމެން މިތިބެނީ އެކިއެކި ކަންކަމާހުރެ ހަލާކުވާ ހިސާބުގަ އެވެ. އެހެން ތިއްބާ ވަޤުތު ނޫހުން މިފަދަ ޙާދިސާތައް ގެނެސް ދިނުމަކީ "ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން" ކަހަލަ ކަމެކެވެ.

  4
  3
 3. ސާބަސް

  އަހްމަދުއަށް ސާބާސް... އަކުރާއި ފިލި އެއްކޮށް ކިޔާބަލަ... ހަމައެކަނި އަކުރުތައް ކިޔާލާފަ މަވަރުގެ މީހަކު ނެތިގެން ކޮމެންޓް ކުރަނީ ތިޔަ.....

  2
  1