256 މީހުންނާއިއެކު ފްރާންސްގެ ވެރިރަށް ޕެރިހުން އިންޑިއާގެ މުންބާއިއަށް ދަތުރުކުރަމުން ދިޔަ އެއާފްރާސްގެ މަތިންދާ ބޯޓެއް އެމަޖެންސީގައި އީރާނަށް ޖައްސައިފިއެވެ.

11 ފަޅުވެރިންނާއި 256 ފަސިންޖަރުނާއި އެކު ޕެރިހުން އިންޑިއާގެ މުންބާއިއަށް ދަތުރު ކުރި އެއާބަސް އޭ 340 މަރުކާގެ މަތިންދާ ބޯޓް ރާޑަރުން ގެއްލުނީ އެބޯޓުގެ ވެންޓިލޭޝަންގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

ބޯޓް ރާޑަރުން ގެއްލުނީ ކިހާ އިރެއްވަންދެން ކަން ސާފު ނުވާއިރު އެއާ ފްރާންސުން ނެރުނު ބަޔާނެއްގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތު ޕައިލެޓް ވަނީ ވަގުތުން ބޯޓް އީރާންގެ ތެހެރާނަނަށް އެމެޖެންސީގައި ޖައްސާފައެވެ.

މިހާދިސާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަދި ޕެސިންޖަރަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރު މޮރިޝަސް އިން ޕެރިހަށް ދަތުރު ކުރަމުން ދިޔަ އެއާ ފްރާންސް ގެ ފްލައިޓަކުން ޝައްކު ކުރެވޭ އެއްޗެއް ފެނުމުން އެމެޖެންސީ ގައި ކެންޔާގެ އެއާޕޯޓަކަށް ޖައްސައިފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ހީވޭ ކަމެއްހެން ކަލޭމެން ޓެރަރިސްޓޭ ކިޔާ މީހުންގެ އުނގަށް ހާލުގައި ޖެހިފައި އޮތް ނިކަމެތި ސޫތްޕެއްހެން ތިއޮތީ ނުރުހުމުގައިވެސް ދާންޖެހިފަ

    20
    2