ނަމާދު ވަގުތާއި ދިމާކޮށް ލަންޑަނުގެ މިސްކިތަކަށް ހަމަލާދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރޭގެ ވަގުތެއްގައި ހަމަލާ ދީފައިވަނީ ލަންޑަނުގެ އަވަށެއްކަމަށްވާ އިލްފޯޑުގައި ހުންނަ "ސެވަން ކިންގްސް" މިސްކިތުގައެވެ.

ގިނަ އަދަދެއްގެ މުސްލިމުން ރޭގެ ތަރާވީހް ނަމާދު ކުރަން މިސްކިތުގައި ތިބި ވަގުތެއްގައި މި ހަމަލާދިން އިރު، އެ ސަރަޙައްދުގައި ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ ފިސްތޯލައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމަލާ ދިން މީހާ ހުރީ މޫނު ފޮރުވައިގެން ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާއިރު، ހަމަލާ ދިން މީހާ ވަނީ، ހަމަލާ ދިނުމަށްފަހު އެ ސަރަޙައްދުން ފިލާފައެވެ. އޭނާ ފިލާފައި ވަނީ ހަމަލާ ދެމުން މިސްކިތަށް ވަތް ވަގުތު މިސްކިތް ތެރޭގައި ތިބި މީހުން އޭނާ ހުއްޓުވައި ހިފެހެއްޓުމަށް މަސައްކަތް ކުރުމުން ކަމަށް ވެއެވެ.

މި ހަމަލާ އާއި ގުޅިގެން "ސެވަން ކިންގްސް" މިސްކިތް ހުންނަ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާއިރު، ލަންޑަނުގެ މެޓްރަޕޮލިޓަން ޕޮލިސް އިން ބުނެފައި ވަނީ މިއީ ނިރުބަވެރި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ލަންޑަނުގެ މިސްކިތަކަށް ރޭ ބަޑި ހިފައިގެން ހުރި މީހަކު ހަމަލާ ދީފައި ވާއިރު، މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު ނިއުޒިލޭންޑުގެ ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށ މިފަދަ ހަމަލާއެއް ދީފައި ވެއެވެ. ހަތިޔާރު އެޅި މީހަކު މިސްކިތްތަކަށް ވަދެ ބަޑިން ދިން އެ ހަމަލާތަކުގައި 50 މީހަކު ޝަހީދުކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ނިރުބަވެރި ހަމަލާއަކަށް ނުވާނެ މުސްލިމުންނާ ދެކޮޅަށްދޭ އެއްވެސްހަމަލާއެއް ??

    43
    4
  2. ލޮލް

    ނިރުބަވެރިންނަށް ވާނީ މުސްލިމުންނަށް ވީމަ....މިސާލަކަށް ސްޓޭޓް ޓެރަރިޒަމް ހިންގާ އިޒްރޭލް ނިުރބައެއް ނޫން ެކަމަކު އަމިއްލަ ދިފާއިގައި ހަމަލާދޭ ހަމަސްއަކީ ނިރުބަ...މުޅީ ދުނިޔެވެސް އެމެރިކަ ބޭނުން ބަޔަކު ނިރުބަވެރިންނަށް ދެކޭނީ އަޖައިބު ހައިރާން އަންތަރީސް

    46
    3
  3. ލަންޑަން ޓަވަރު

    ކަލޭމެން އަނބީންގެ ގާތަށް ދާހިތްވާ ކޮންމެ ފަހަރަކު ގޮސް ގޮއްވާލީމާ އެހެން މީހުން ތިބޭނެ ދޯ ހެވިފަ އަތް ޖަހަން؟

    7
    4
  4. ހަޖަމް

    އެއްވެސް ޝައްކެއްވެސްނެތް،،، ތިނުބެލެވޭނެ ޓެރެރިސްޓު ހަމަލާއަކަށް،

    2
    6
  5. ބަބް

    މީހުން ފޮނުވާ ކޮމެންޓު ނުޖަހައި ކަލޭމެންނަށް ފިއްތައިގެން ތިބެވިދާނެ. ހުޅުވޭނެ. ތަން މިނަށް ހުޅުވޭނެ

    7
    2
  6. ކާފިރު

    ލަންޑަންގައި ނަމާދު ވަގުތާއި ދިމާކޮށް ދިން ހަމަލާ،
    މިސަރުކާރުން އި އަމަލު ކުއްވެތި ކުރުމުގެ
    ހިތްވަރެއް ނޯންނާނެ. ދަށުވެފައި ވީމަ ޖެހޭނީ ތުން ފިއްތައިގެން ހުންނަން.

    11