ވެރިކަން ވެއްޓިދާނެ ކަމުގެ ބިރާއެކު ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ތިން މެންބަރަކު ބޭރު ގައުމުތަކުގެ އެމްބަސީތަކުން ހިމާޔަތް ހޯދައިފިއެވެ.

ވެނެޒުއެލާގެ އިިދިކޮޅު ލީޑަރު ހުއަން ގުއައިޑޯ ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފުތާގައި ވަނީ އަސްކަރީ ބަޣާވާތެއް ގެންނަން މަސައްކަތް ކޮށްފައި ވަނިކޮށް އެ އެމެންބަރުން އެމްބަސީތަކުން ރައްކާތެރިަކަން ހޯދާފައި ވަނީ ގާނޫނު ހަދާ މަޖިލީހުން އެ މީހުންނަށް ދީފައިވާ އިމްތިޔާޒްތައް ނެގުމުންނެވެ.

ބަޣާވަތް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށް ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 10 މެންބަރެއްގެ އިމްތިޔާޒްތައް ނަގައިފަ އެވެ.

ވެނެޒުއޭލާގެ ފުލުހުން އާންމުނާއި ކުރިމަތިލަނީ

އެގޮތުން ދެ މެންބަރަކު ވަނީ އިޓަލީ އެމްބަސީން ހިމާޔަތް ހޯދިއިރު އަނެއް މެންބަރު ހުރީ އާޖެންޓީނާ އެމްބަސީގަ އެވެ.

ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ނުރައްކަލެއް އޮތް ނަމަ އެ ގައުމުގެ އެމްބަސީން ވެސް ހިމާޔަތް ދޭނެ ކަމަށް ސްޕޭނުން އިން ވަނީ ބުނެފައެވެ.

އިދިކޮޅު ލީޑަރު ގުއިޑޯ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާތައް ހޫނުވެ ވެނެޒުއޭލާގެ ހާލަތު ގޯސް ވަމުންދާއިރު އެމެރިކާގެ ރައީސް ޓްރަންޕް ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ތަގުރީރު ކުރަމުން ބުނެފައި ވަނީ ވެނެޒުއޭލާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ވިސްނުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެނެޒުއޭލާގެ ހާލަތު ރަގަޅު ނުވާނަމަ އެފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ ރައީސް މަޑޫރޯގެ ވެރިކަން އިތުރަށް ދެން ބޭނުން ނުވާކަމަށް ބުނެ އަޑު އުފުލަމުން ދާއިރު މަޑޫރޯ ހުންނެވީ ގޮތް ދޫކުރައްވާ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.

ވެނެޒުއޭލާގެ އައު ރައީސް އަކީ ގުއައިޑޯ ކަމަށް އިދިކޮޅު ލީޑަރު އޭނާ އަމިއްލައަށް އިއުލާނު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.