ރަޙުމް ކުޑަ ގޮތަކަށް ޕާކިސްތާނު ސިފައިންގެ 14 މީހަކު މަރާލައިފި ކަމަށް އެޤައުމުގެ ނޫހެއް ކަމަށްވާ "ދަ ޑޯން" އިން ރިޕޯޓްކޮށްފިއެވެ.

"ދަ ޑޯން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރާލާފައިވަނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ 11 މީހަކާއި އެއަރޕޯސްއަށް ނިސްބަތްވާ ތިން މީހެކެވެ. މި މީހުން މަރާލާފައިވަނީ ޕާކިސްތާނުގެ ގޯޑަރ އިން ކަރާޗީއަށް ދަތުރު ކުރަމުން ދިޔަ ބަސްތަކެއް ހުއްޓުވާ ދިން ނިރުބަވެރި ހަމަލާއެއްގައެވެ.

"ޖުމްލަ 7 ބަހެއް ހުއްޓުވާ، އޭގައި ތިބި މީހުން ބަލާ ފާސް ކުރީ. ނިރުބަވެރި 20 ނުވަތަ 25 މީހުން ވެގެން ކުރި ކަމެއް މިއީ." ޕާކިސްތާނުގެ ގޯޑަރ ސިޓީ ހުންނަ ބަލޮޗިސްތާން ޕްރޮވިންސްގެ ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސިފައިންގެ ބަޔަކު ރަޙުމް ކުޑަކޮށް މަލާރި މިހާދިސާގައި ނިރުބަވެރިން ސިފައިން ހިފަހައްޓާފައިވަނީ، އެޤައުމުގެ ފްރޮންޓިއަރ ކޯޕްސްގެ ފާސްތަކެއް އަޅައިގެން ބަސްތަކަށް އަރައެވެ. މިގޮތުން އާއްމުންނާއެކު ސިފައިންގެ ބޭކަލުން ދަތުރު ކުރި 7 ބަހެއް ހުއްޓުވާ، ވަކި ވަކިން ކޮންމެ މީހެއްގެ އައިޑީ ކާޑް ބަލާފައިވެއެވެ. އަދި އަސްކަރިއްޔާއަށް ނިސްބަތްވާ މީހުން ބަހުން ބާލުވާ، ބަހުގެ ދަތުރު ކުރުމަށް އެންގިއެވެ.

މިގޮތަށް ޖުމްލަ 16 ސިފައިންގެ މީހަކު ބަހުން ބާލާފައިވެއެވެ. އަދި އެމީހުންގެ ގަޔަށް ބަޑިން ހަމަލާދީ މަރާލާފައިވެއެވެ.

"މިމީހުންގެ ހަށިގަނޑުތައް ފެނުނު ނޫރް ބަކްޝް ހޮޓަލުގެ ކައިރި އޮތީ މުޅިން ލެޔާ ތަތްތެޅިފަ. ބަޑި ޖަހާފައިވަނީ ބަަދެފައި ބަހައްޓާ. ވަޒަން ހުރީ ސީދާ މެޔަށް އަދި ސިކުނޑިއަށް ޖަހާފައި. ވަރަށް އަނިޔާވެރި ގޮތަށް މަރާލާފައިވަނީ." ހޯމް މިނިސްޓަރ ބުނެފައިވެއެވެ.

16 މީހުންގެ ތެރެއިން 2 މީހަކުވަނީ ބަޑި ޖަހަން ފެށުމާއެކު ކޮންމެވެސް ގޮތަކަށް އެތަނުން ސަލާމަތްވެގެން ގޮސްފައެވެ. ޕާކިސްތާނުގެ ފުލުހުންނަށް މިހާދިސާ ރިޕޯޓް ކުރީ މިދެމީހުންނެވެ.

މަރުވި 14 މީހުންގެ ގައިގެ އެކިތަންތަނަށް ވަޒަން އަރާފައިވާއިރު، މަރުވުމަށްފަހުވެސް އެތައް ފަހަރަކު ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުއްލާ

    ތިޔަ މީހުން މެރީމަ މަރާ ވާހަކަ ތިކިޔަނީ. ތިޔަ މީހުން ބޭރުގެ ސިފާއިންނާ ގުޅިގެން ރަހުމު ކުޑަ ގޮތަކަށް ކިތައް މުސްލިމް އަންހެނުންނާއި ކުޑަކުދިން މަރާފައިވާކަން އެނގެނީ ކިތައް މީހުންނަށްބާ؟

    5
    20
  2. މޯދީ

    ޝައްކެތް ވެސް ނެތް ގޮތުގައި ތިޔައީ އިންޑިޔާއިން ލާރި ދީގެން ބަޔަކު ލައްވާ ކުރުވި ކަމެއް. މި ރާއްޖޭގައި ވެސް ތިފަދަ ކަންތައް ތަކެއް އިންޑިޔާ މީހުން ކުރަން ރޭވުމަކީ ވަރަށް ގާތް ކަމެއް. އެހެނީ ރާއްޖޭގައި މިއޮތީ އިންޑިޔާ ސަރުކާރުން ހަރަދުކޮށްގެން ގަނެ ހިންގާ ގޮނޑި ކޮއްކޮ ސަރުކާރެއް

    19
    2
  3. ރައްޔިތުމީހާ

    ޕާކިސްތާނު ސިފައިންނަކީވެސް ނިރުބަވެރިބައެއް....އެމެރިކާ(އެންމެބޮޑުނިރުބަވެރިޔާ) ގެ ގޮނޑިކޮއްކޮއެއް.....

    7
    20
  4. ޒާ

    ޕާކިސްތާނަކީވެސް ދީނީ ފިތުނައިގެ ސަބަބުން ޓެރަރިސްޓުންގެ ހާއްޔެއް. އެއްވެސް ރައްކާތެރިކަމެއް ނެތް ތަނެއް.

    11
    4
  5. ޖިންނި

    އިންޑިއާ އަތެއް ވުން ގާތް

    21
    4
  6. ގެރި

    އިންޑިޔާގެ ބަދަލުހިފުމެއް!

    19
    1
  7. މައުލާނާ

    ނިރުބައޭ ކިޔާފަ ދެން ކިޔާނީ މުސްލިމުންނޭ. ކިހާ ތާހިރުތަ؟ އެއްބަޔަކު މާޝާﷲ ކިޔާލަ ކިޔާލާ ތިބޭނީ.

    7
    2
    • ށ

      ކާކު ކުރި ކަމެއް އިންގޭތަ. އިންޑިއާގެ ހަރުކަށި ހިންދޫއިން ހިންގި ނިބްރުވެރި ހަމަލާ އެއްެ.

  8. ޙ

    އިންޑިއާ ކަމެއް. އަޑީގަ ނަމަވެސް އިންޑިއާގެ އަތެއް ވާނެ