އިންޑިއާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަށް ޕާކިސްތާނުގެ ރާޑަރުތަކުން ފިލަން ވަންނާނީ ވިލާގަނޑު ތެރެއަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވުމުން ޓުވިޓާގައި އެވާހަކަ ބޮޑު ޖޯކަކަށް ހަދައި މޯދީ އަށް މަލާމަތް ކުރަން ފަށައިފިއެވެ.

އިންޑިއާއިން ދާދިފަހުން ޕާކިސްތާނުގެ ބަލްކޮޓް ސަރަހައްދަށް ދިން ވައިގެ ހަމަލާއާއި ގުޅޭގޮތުން ޓީވީ ޗެނެލްއަކަށް ދިން ބަސްތީ ގަތުމެއްގައި މޯދީ ވިދާޅުވީ އިންޑިއާގެ ވައިގެ ސިފައިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެދުވަހު މޫސުން ގޯސްކޮށް އޮތުމުން ޕާކިސްތާނުގެ ރާޑަރު ތަކަަށް ނާރައި އެގައުމަށް ހަމަލާދިނުމަކީ ރަނުގެ ފުރުސަތެއްކަމަށް ސިފައިނަށް ލަފާދިން ކަމަށެވެ.

މޯދީ އިންޓަވިއުގައި މިހެން ވިދާޅުވުމާއި ގުޅިގެން ޓުވިޓާގައި ދަނީ މޯދީ އަށް މަލާމަތް ރައްދުކުރަމުންނެވެ.

މޫސުން ގޯސްކަމުން އެދުވަހު ހަމަލާދޭން އިންޑިއާގެ އިސް ސިފައިންތަކެއް ބޭނުން ނުވި ނަމަވެސް މޯދީ ބޭނުންވީ ހަމަލާތަށް ދޭށެވެ. އެއީ ވިލާގަނޑުތަށް އިންޑިއާގެ ބޯޓުތަށް ފޮރުވުމަށް އެހީވާނެ ކަމަށް ބުނެއެވެ.

ޓުވިޓާގައި މޯދީއަށް ރައްދުކޮށް ބައެއް ފަރާތްތަކުން ބުނީ ވިލާގަނޑުތަކަށް ޕާކިސްތާނުގެ ރާޑަރުތަކެއް ނުހުއްޓުވޭނެ ކަމަށާއި ވިލާގަނޑުތެރެއަށް ވަނަސް ރާޑަރުތަކަށް ޑިޓެކްޓް ވާނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވީ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލުމާ ގުޅިގެންނެވެ. އިންޑިޔާއިން ތަކުރާރުކޮށް މިއީ ޕާކިސްތާނުގެ މޭސްތިރި ކަމުގެ ދަށުގައި ކުރެވުނު ކަމެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް، މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

އެހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަމަލާތަކެއް ބަދަލު ކޮށްފައިވެއެވެ.

އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްނާނަށް ހަމަލާދިން އިރު ޕާކިސްތާނުން ބުނީ އިންޑިއާ އިން ޕާކިސްތާންގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައި ވަނީ ނިރުބުވެރިންގެ އަމާޒުތަކަށް ކަމަށް ބުނެކަމަށާއި ނަމަވެސް ނިރުބުވެރިންނަށް ހަމަލާ ދޭކަމަށް ބުނާއިރު ހަމަލާ ދިން ސަރަހައްދުތަކުގައި ތިބީ ނިރުބުވެރިން ކަން ސާބިތުކުރެވޭނެ ހެއްކެއް އިންޑިއާ އިން ދައްކާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައްޕިތާން

    އައްދެ މިސަރުކާރަކުން ވައްކަމެއް ނުކުރާނެ ކޯޓްތައް މެދުވެރިކޮށް ސާފު ހަލާލު ގޮތުގައި ރިބާޔައްވާގޮތައް ފައިސާބަހާނީ ބައިމީހުންނަށް މަނާކެރާނެ ބަޔަކުނެތިއްޔާ ވާހަކަދައްކާނެ މަމެންގެ ސަރުކާރުގައި