1967ގެ ހަނގުރާމައަކަށް ފަހު އިސްރާއީލުން ހިފި ސީރިޔާގެ ގޮލާން އަވަށުގެ ސަރަހައްދަކަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ނަމުން ނަންދީފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު މި ސަރަހައްދަށް ޓެރަންޕްގެ ނަން ދިންކަން އިއުލާންކޮށްފައިވާއިރު މި ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ގޮލާންގެ އުސްބިންތަކަކީ އިސްރާއީލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތީ މިދިޔަ މާނޗް މަހު 27 ވަނަ ދުވަހުއެވެ. ތުރުކީވިލާތާއި މެދު އިރުމަތީގެ ޤައުމުތަކުން ބުނެފައިވަނީ އެމެރިކާއިން މި ގޮތަށް ނިންމުން ވެގެންދާނީ، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިގެންދާނެ ކަމަކަށްކަމަށެވެ.މީގެ އިތުރުން ސީރިއާއިން ވެސް ވަނީ މިނިންމުން ކުއްވެރިކޮށްފައެވެ.

މި މައްސަލާގަކުއްވެރިކޮށްއި އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަަށް ސީރިއާއިން ވަނީ ގޮވާލާފައެވެ. މީގެ ކުރިން އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ވަނީ، އިސްރާއީލުން ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓުވުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

ދާދި ފަހުން ބޭއްވި އަރަބި ލީގު ލީޑަރުންގެ ސަމިޓެއްގައި އިސްރާއީލުން ފޭރުނު ގޯލަން ހައިޓްސް ނުވަތަ ގޯލާންގެ އުސްބިންތަކަކީ ސޫރިޔާގެ ސަރަހައްދެއް ކަން ގަބޫލު ކޮށް އެ ސަރަހައްދު ސޫރިއާ އަށް އަބުރާ ދިނުމަށް އަރަބި ލީގުގެ ލީޑަރުން ވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ގަބޫލު ކުރަނީ ގޯލާން ހެއިޓްސްގެ ހިފާފައިވާ ބިންތަކާއި ގޯލާން ހެއިޓްސްގެ ވައިގެ ސަރަހައްދަކީ އިސްރާއީލުގެ ސަރައްދެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިންގެހިޔާލު

    ކޮބާ ސައުދީ އަދި މުސްލިމުންގެ ވަލިއްޔުލް އަމްރުގެ ހަނގުރާމަވެރިން މިސްރުގެ ވެރިންގެ ހަނގުރާމަވެރިން މުސްލިމުންގެ ގައުމުތަކުގެ އާރާއި ބާރު ހުރި ސިފައިންނާއި ފުލުހުން.. އެއޮތީ ބިން ހިފާފަ ނަން ވެސް ދީފައި، އަދި ވެސް ހިފާނެ އެހެން ބިންތައް ވެސް އެކަމަކު އައިއެސް މީހުން ފަލަސްތީނުގެ މުސްލިމުގެ ދިފާއުގައި ނުނިކުންނަ ވާހަކަ އަދި އައިއެސް މީހުން ބިންތައް ހިފާ ވާހަކަ ގިނަ މީޑިއާތަކުގައި ފަތުރަނީ، އެއީ ވަރަށް ފަހުންގެ ބައެއް ދުވަސްވީ އާރާއި ބާރުތަކުން ނުނިކުމެ އެތިބީ ކާފަރުންނާއި ކޯލިސަން ހަދައިގެން . ފަލަސްތީނުގެ މައްސަލައަކީ އަކީ އަހަރެމެން ވަރަށް ކުޑަކުޑަ އިރުވެސް އަޑު އަހާ ވާހަކައެއް އޭރު ވެސް.. ފަލަސްތީނާއި އިސްލާމީ އުއްމަތުގެ ދިފާއުގައި ކާފަރުނާއި ހާއްސަކޮށް ޔަހޫދީންނާއި މިއުޅޭ ވެރިން ހަގުރާމައެއް ކޮށްފައިނެތް. އަނިޔާވެރި ކާފަރުންނާއި އެބައިމީހުންގެ އެކުވެރިން ޒަހަރު ދީ ޔާސިރު ވެސް މަރާލި ސައްދާމު ވެސް ދަންޖައްސާ މަރާލި ގައްޒާފީ އަށް ސީދާ ހަމަލަދީ މަރާލި.. މައްސަލަގެ ބާވަތުން އެއީ ސީދާ ޓެރަރިޒަމް.. އެކަމަކު ކާކު ބުނީ އެހެން. . ޓެރަރިސްޓަކީ އދ އިން ކަނޑާ އުސޫލެއް.

    11
  2. އަނި

    ޓުރަމްޕު މަރާލާ ދެން އެމެރިކާ