މުޅި އޭޝިޔާގައި ވެސް ރިޝްވަތުގެ އަމަލު އެންމެ ބޮޑު ގައުމަކީ އިންޑިއާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އާއި ހަވާލާދީ ފޯބްސް މަޖައްލާއިން ބުނެފިއެވެ.

ޓްރާންސްޕެރަންސީ އިންޓަނޭޝަލްގެ ރިޕޯޓް ތަކުން ދައްކާ ގޮތުގައި އިންޑިއާގެ އެންމެ ބޮޑަށް ރިޝްވަތު އެކުލެވިގެންވަނީ އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިންނެވެ. އެގޮތުން އާންމު ދަތުރުފަތުރުގެ ހިދުމަތް ލިބިގަންނަ ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހުން އެ ހިދުމަތް ލިބިގަތުމަށްޓަކައި ކަމާބެހޭ ކޮންމެވެސް ފަރާތަކަށް ރިޝްވަތު ދޭން ޖެހެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަރުމަނުގެ ބާލިންގެ ޖަމިއްޔާ "ޓްރާންސްޕެރަންސީ އިންޓަނޭޝަނަލް" އިން ވަނީ މިދިޔަ އަހަރުތެރޭގައި އޭޝިއާގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަތުމަށްޓަކި މި ސަރަހައްދުގެ ތަފާތު 22،000 އަށް ވުރެ ގިނަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ.

އެ ރިޕޯޓް ދައްކާގޮތުން އޭޝިއާގެ އެންމެ ކޮރަޕްޝަން ބޮޑު ގައުމުގެ ގޮތުގައި އިންޑިއާ ވެފައިވަނީ 69 ޕަސެންޓްގެ ބޮޑު އަދަދަކުންނެވެ. އޭޝިއާގެ އެންމެ ކޮރަޕްޝަން މަދު ގައުމަށް ވެފައިވަނީ އެންމެ 0.2 ޕަސެންޓުން ޖަޕާނެއެވެ.

އެ ރިޕޯޓްގައިވާ ގޮތުން އިންޑިއާގެ އާންމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގަ އާއި، ތައުލީމީ ދާއިރާގަ އާއި ސިއްހީ ދާއިރާގައި ރިޝްވަތުގެ އަމަލު ހުރީ ހައިރާންވާހާ ބޮޑު މިންވަރެއްގައެވެ. ތައުލީމާ ސިއްހީ ދާއިރާގައި އިންޑިއާގައި ރިޝްވަތުގެ އަމަލުތަށް 58 އާއި 59 ޕަސެންޓާއި ދެމެދު އެކުލެވިގެންވާ ކަމަށް އެރިޕޯޓް ތަކުން ދައްކައެވެ. އަދި އެކި އެކި ކުށްތަކުން ބަރީއަވުމަށާއި އާންމު ފަސޭހަތަކަށް ފުލުހުންނަށް ރިޝްވަތު ދިނުމަކީވެސް އިންޑިއާގައި ބޮޑުވެފައިވާ ކަމެއް ކަމަށް ބުނެއެވެ.

އެ ރިޕޯޓްގައި ވާ ގޮތުން ރިޝްވަތުގެ އަމަލު ގިނަކަމަށް ފާހަގަ ކުރެވޭ ވިއެޓްނާމް، ތައިލެންޑް، ޕާކިސްތާން އަދި މިޔަންމާއަށް ވުރެވެސް އިންޑިއާގެ ރިޝްވަތުގެ އަމަލުތަށް ހިނގާލެއް ގިނައެވެ. އިންޑިއާގައި ރިޝްވަތުގެ ފައިސާ އެންމެ ގިނައިން ނަގަނީ ފަގީރުން ގިނަ ހިސާބުތަކުން ކަމަށާއި އެމީހުންގެ ޒަރޫރީ އެކި ބޭނުންތަށް ހޯދުމަށްޓަކައި ރިޝްވަތު ދޭންޖެހޭ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި ބުނާ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ކަމާއި މޯދީ ހަވާލުވިފަހުން ރިޝްވަތުގެ އަމަލުތަށް ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ކުރާ ކަމަށް އެގައުމުގެ 51 ޕަސެންޓް ރައްޔިތުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތިމަންނަ

  ގޯސް ގޯސް! ރާއްޖެމިއީ ހުރިހާގޮތަކުންވެސް ލާމަސީލު 1 ވަނަ

 2. ޔަހުޔާ

  އަސްކަރީ ފިޔަވަޅު އަޅައިގެން އިނޑިޔާގެވެރިންވީ ތޔަކަންތައް ހުއްޓާކަންނު

 3. ސަދުން

  ސިފައިން ފޮނުވާބަލަ އިންޑިޔާގެ ކަރަޕްޝަން ފުންފުނޑުކޮށް ފަނާކޮށްލަން. ކޮންމެހެން މިގައުމުގާ ތިގައުމުގާ ރިޕުކުރާވަރަކަށް ރޭޕެއްވެސް ނުކުރޭ. އެހެންވީމާ މިގައުމުގާ ފަނިހަނދަން އަންނާނެކަމެއް ނެތް.

 4. އ.ޖ.އ

  ބޮޑުބޭބެ ވީމަތަ މިހެން ލިޔުނި.. އަމިއްލަ ގައުމުގެ ހާލަތާ މެދު ލަދުގަނެބަލަ..