ރަމަޟާން މަހަކީ ސުލްޙަ މަސަލަސްކަމުގެ މަހެއް ކަމަށާއި ވަރަށް ޚާއްސަ މަހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ބުނެފިއެވެ.

ޑޮނާލްޑް ޓްރަންޕް މިހެން ބުނެފައިވަނީ ވައިޓް ހައުސްގައި އުޅޭ މުސްލިމުންނަށް ޓްރަންޕް ދިން ރޯދަ ވިއްލުމެއްގައި ވާހަކަ ދައްކަމުންނެވެ. ޓްރަންޕް ބުނެފައިވަނީ ރޯދަ މަހަކީ ދިނުމުގެ މަސް ކަމަށާއި ރަމަޟާން މަހަކީ އެކުވެރި ކަމުގެ މައްސަރު ކަމަށެވެ.

"ބައެއް ޤައުމުތަކުގެ މުސްލިމުންނަށް މިއަހަރަކީ ހިތާމެރި އަހަރެއް. ނިއު ޒިލޭންޑްގައި އެތައް ބަޔަކުވަނީ ކުށަކާ ނުލާ މަރާލާފައި. ލަންކާގައިވެސް މުސްލިމުންވަނީ މަރުވެފައި، ކްރިސްޓިއަނުންވެސް." ޓްރަންޕް ބުނެފައިވެއެވެ.

ޓްރަންޕް އިތުރަށް ބުނެފައިވަނީ ވަކި ދީނަކަށްވީތީ، ބަޔަކާ ޖައްސާލަން ނުޖެހޭ ކަމަށެވެ. އަދި އެމެރިކާއަކީ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮތް ޤައުމަކަށްވާތީ ފަޚްރުވެރިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ވައިޓްހައުސްގައި އުޅޭ މުސްލިމުންނަށް ރޯދަވިއްލުމެއް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ދެން މާރަނގަޅުވެގެން އެއުޅެނީ