އަވައްޓެރި އިންޑިއާގައި މުސްލިމް ޑޮކްޓަރަކު މަގުމަތިން ހިފަހައްޓައި އޭނާއަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

މިކަން ހާމަކޮށް އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ، ޑރ. ނޫރުލް ނަމަކަށްކިޔާ އެމީހާއަށް ހަމަލާ ދީފައިވަނީ ދަތުރުކޮށްފައި ދަމުން ރޯދަވީއްލާ ވަގުތު ޖެހުމުން، އެއްޗެއް ގަންނަން ފިހާރައެއްގެ ކައިރީ މަޑުކޮށްލިތަނާ އޭނާ އާއި ދިމާކޮށްލި ހަރުކަށި ބުދިސްޓުންގެ ގްރޫޕަކުން ކަމަށެވެ. އޭނާ އާއި އެމީހުން ދިމާކޮށްލީ އޭނާއަކީ މުސްލިމަކަށް ވީތީ ޑރ. ނޫރުކް ބުނެފައި ވެއެވެ.

ޑރ. ނޫރުލް ބުނިގޮތުގައި އޭނާ ފިހާރަ ކައިރީގައި ހުއްޓާ އެންމެ ފުރަތަމަ އައީ ދެ މީހެކެވެ. އަދި އެއްވެސް ސަބަބަކާ ނުލާ އޭނާ އާއި ދިމާލަށް ބަދު ބަސްތައް ރައްދުކޮށް ހަޑިހުތުރުބަހުން މުޢާމަލާތް ކުރި ކަމަށާއި، އެކަން ހުއްޓާލުމަށް އެދުމުން އެތަނުގައި ތިބި އިތުރު އަށް މީހަކު އެ ދެމީހުންނާއި ބައިވެރިވެ އޭނާގެ ގައިގައި ތަޅައިގަތީ ކަމަށް ޑރ. ނޫރުލް ބުންޏެވެ.

ޑރ. ނޫރުލް ބުނިގޮތުގައި އޭނާއަސް އެމީހުން އެތައް އަނިޔާއެއް ކުރިއިރު، ބައެއް މީހުން އޭނާގެ ގައިގައި ލަޓިބުރިންނާއި ގޮނޑިފަދަ ތަކެތިންވެސް ޖަހައި އަނިޔާކުރިއެވެ. މި އަނިޔާތަކުގެ ސަބަބުން ފުލުހުންނަށް ގުޅަން އުޅެނިކޮށް ހޭނެތިގެން ވެއްޓުނީ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގިތާ ގިނައިރެއް ނުވެ ފުލުހުން އެ ސަރަޙައްދަށް ދިޔައެވެ. ނަމަވެސް ޑރ. ނޫރުލް އަށް ހަމަލާ ދިން މީހުން ވަނީ އެ ސަރަޙައްދުން ފިލާފައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އަވަށުގެ ހޮސްޕިޓަލަކަށް ގެންގޮސް ޑރ. ނޫރުލްއަށް ފަރުވާދެމުންދާއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މި މައްސަލަ އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު