އަވައްޓެރި ސްރީލަންކާގައި ފާއިތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މުސްލިމުންގެ ގެދޮރާއި މުދާ އަންދައި އަދި އެޤައުމުގެ މިސްކިތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، އެ ހަމަލާތަކުގައި ލަންކާގެ ސަލާމަތީ ބާރުތަކުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވަމުންދާކަން ހާމަވެއްޖެއެވެ.

ލަންކާގެ ހަރުކަށި ބުދިސްޓުން އެޤައުމުގައި މުސްލިމުންނާއި ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތައް އެޤައުމުގެ ނޫސްތަކުންވެސް ސިއްރު ކުރާއިރު، ސިފައިންނާއި ފުލުހުން އެކަންކަމަށް ހިއްވަރުދީ އެއްބާރުލުން ދެމުންދާ ކަމުގެ އަޑު ކުރިން ވެސް ވަނީ ފެތުރިފައެވެ.

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަނީ

އެގޮތުން ހަމަނުޖެހުން ހިންގި ސަރަޙައްދެއްގައި ހުރި މުސްލިމުންގެ ތަކެއްޗާއި ތަންތަނަށް ގްރޫޕުތަކުން ހަމަލާދިން އިރު އެތަންތަނުގައި ތިބި ސިފައިންނާއި ފުލުހުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މަންޒަރު ފެންނަ ވީޑިއޯތައް ކުރިން ވަނީ ދައުރުވެފައެވެ. މި ވީޑިއޯތައް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނިކޮށް، މުސްލިމުންނާއި ދެކޮޅަށް ލަންކާގައި ދެމުންދާ ހަމަލާތަކުގައި ސަލާމަތީ ބާރުތަކުން ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް މިހާރު ވަނީ ދައުރުވާން ފަށާފައެވެ.

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަނީ

އެއިން ބައެއް ވީޑިއޯތަކުގައި، މިސްކިތްތައް ހިމެނޭ ސަރަޙައްދުގައި ފޯރިމަރަން ތިބޭ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ގްރޫޕުތަކުން ގޮސް ތަންތަން ސުންނާފަތި ކުރާ މަންޒަރު ފެނިގެން ދެއެވެ. އަދި މިސްކިތެއްގެ ތެރޭގައި މުސްލިމުންގެ ހިމާޔަތުގައި ތިބި ފުލުހުންތަކެއް ބުދިސްޓުން އެ މިސްކިތަށް ވަނުމަށް ދަޢުވަތުދީ ހަމަނުޖެހުން ހިންގުމަށް މަގުފަހިކުރާ މަންޒަރާއި، ހަމަލާތަކުގައި އޭނާ ބައިވެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް މިހާރު ވަނީ ދައުރުވާން ފަށާފައެވެ.

މިދިޔަ މަހު ލަންކާއަށް ދިން ނިރުބަވެރި ހަމަލާތަކަށްފަހު މުސްލިމުންނާއި ދެކޮޅަށް ފާޅުގައި ލަންކާގައި އެންމެ ވަރުގަދަޔަށް ހަޅުތާލު ހިންގަން ފެށީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެގޮތުން މުސްލިމުންގެ ގެދޮރާއި ފިހާރަތަކާއި މިސްކިތްތައް ސުންނާފަތިކޮށް ފުނޑުފުނޑު ކުރަމުންދާއިރު އެކަންކަން ކުރަމުން ދަނީ އެޤައުމުގެ ބުދިސްޓު ޖަމާޢަތްތަކުގެ ވެރިންނާއި ފުލުހުންނާއި ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަނީ

މިހާރު ލަންކާގެ އެކި ހިސާބުތަކުގައި މުސްލިމުންނާއި ދެކޮޅަށް ނުރައްކާތެރި ހަމަލާތައްދީ އެފަދަ ކަންކަން ރާވަމުންދާއިރު، އެ ހަމަލާތަކުގެ ތެރެއިން މީގެ ދެ ދުވަސް ކުރިން މުސްލިމަކު މަރާލާފައި ވެސް ވެއެވެ. އަދި މުސްލިމުންނަށް އަނިޔާކޮށް މާރާމާރީ ހިންގަމުންދާއިރު، މުސްލިމުންގެ ގެދޮރު ލޫޓުވައި ބޮޑު ނުރައްކަލަކަށް މުސްލިމް އާއިލާތައް ވަނީ ހުށަހަޅާފައެވެ.

ބުދިސްޓުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ލަންކާގައި މުސްލިމުން ޙިއްސާކުރަނީ އެޤައުމުގެ އާބާދީގެ އެންމެ 10 އިންސައްތައެވެ. އެޤައުމުގެ އާބާދީގެ 70 އިންސައްތަ އަކީ ބުދިސްޓުންނެވެ. ކަން މިހެން އޮތުމުން ބައިމަދު މުސްލިމުންނަށް ބުދިސްޓުންގެ ނުބައި ރޭވުންތަކުގެ ތެރެއިން ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގަމުންދާ ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވަނީ

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވެދިޔަ ދެ ރޭ އެޤައުމުގެ ހުރިހާ ހިސާބެއްގައި ކާފިއުވެސް އިއުލާނުކޮށްފައި ވެއެވެ. ނަމަވެސް މި ކާފިއު ހިންގަނީ ހަމައެކަނި މުސްލިމުންނަށް ކަމަށާއި، ހަމަނުޖެހުން ހިންގާ ބުދިސްޓު ގްރޫޕުތަކަށް އެއްވެސް ހުރަހެއް ނެތި އެމީހުން މުސްލިމުންނަށްދޭ ހަމަލާތައް ކުރިޔަށް ގެންދެވޭ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.

ލަންކާގައި މުސްލިމުންނަށް އަނިޔާދީ ގެއްލުން ދެމުންދަނީ، މިދިޔަ މަހު އެޤައުމުގައި ދިން ހަމަލާގެ ފަހަތުގައި ތިބީ މުސްލިމުން ކަމަށް ބުނެއެވެ. އެ ހަމަލާގެ ތުހުމަތުތައް އެޤައުމުގައި މުސްލިމުންނައް ރައްދުކުރާން ފެށީ، ހަމަލާގެ ޒިންމާ، މުސްލިމުންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި އަންހެނުން މަރައި ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްލާމިކް ސްޓޭޓްސް (އައިސިސް) އިން ހަމަލާގެ ޒިންމާ އުފުލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޫނޭ

    ތިހެންވަންޏާ އައިސިސް އާ ބުޑިސްޓުން ގުޅިގެން ގޮއްވި ގޮއްވުންތަކެއް ކަމަށް ބެލެވޭ. މުސްލިމުންނާ ދެކޮޅަށް ނިކުންނަން އުޒުރެއް ހޯދީ. ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލީވެސް މުސްލިމުން ބޮލުގަ އަޅުވަން. މިޔަށް ކިޔަނީ ގޭމްސް އޮފް ޕޮލިޓިކްސް...

    17
    3
  2. ރެފްރީ

    ދެންތިޖެހެނީ ބުޑިސްޓުންނާދެކޮޅަށް ހުރިހާމުސްލިމުންތެދުވަން .. އެއިރުން ޖިހާދަކަށްނޫނީނުވާނެ ..

    18
    4
  3. ރިހާކުރުކުޑޭ

    ކޮބާ ޖިހާދުކުރާހިތުންއުޅޭބެއްޔާމެން .. އެއޮތީޖިހާދުކުރަންޖެހިފައެންނު ؟

    7
    11
    • Anonymous

      ޒާތްޒާތަށް މަލާމަތް ކުރާނެ ކަމެއްނެތް. ކަންނެތްކަމާ ޤާފިލުކަމާ ބޮޑާކަމާއެކު ކިހާދުވަހަކު މިދުނިޔޭގައި ތިބާ ހުންނާނަމޭހިތާ ތިޒާތުގެ ވާހަކަ ތިދައްކަނީ. މުސްލިމުންނަކީވެސް، ﷲ ތަޢާލާގެ އަޅުން. މުސްލިމުންނަށް އޮތް ހިތްހަމަޖެހުމަކީ، މިކާއިނާތުގެ ވެރިއިލާހު ރުހިވޮޑިގެންވާ ދީނުގައި އެމީހުންތިބޭކަން. ކޮންމެ އިންސާނަކުވެސް މަރުވުމަށްފަހު އެމީހާގެ ނުފެންނަ ފުރާނަ ވަންނަތަނަކާމެދު އަމިއްލައަށް ވިސްނާލީމަ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަދެ ބޮޑާގޮތްގަނޑު ކެނޑިދާނެ.

      25
      2
      • ޙުލި

        ބޭފުޅާ ރާގަކަށް ވާހަކަ ދައްކަނީކީ ނޫން، ލަންކާގައި މުސްލިމުން ހަނާ ކުރާއިރު ތިބައިގަނޑު ފިލާ ތިބޭތީ މިހެން މިބުނީ

  4. ހަމްޒާ ތައުފީޒު

    މުސްލިމު ނަންކިޔާ މީހުން ބޮންގޮއްވީ، ކްރިސްޓިއަން ޗާޗްތަކުގައާއި ހޮޓެލްތަކުގައި. މިބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް މިނުކުތީ މިއީ ބުރިސްޓުންގެ ރޭވުމަކުން ކުރިކަމެއްކަން ދުނިޔެއަށް ހާމަވާ ކަމެއް. މިމީހުން މަކަރާ ހީލަތުން މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވުމަށް މަގުފަހިކުރުމުގައި މިގެންގުޅޭ އުސޫލަކީ، ޒައިނިސްޓުން، (އެމެރިކާ، އިޒްރޭލުން، އިންގިރޭސިން) ބޭނުންކުރާ މަކަރުވެރި ގޮތްތައް. ﷲ ތަޢާލާ މުސްލިމުންނަށް ނަސްރުދެއްވާ، ﷲ ގެ އަދުއްވުން ނިކަމެތި ކުރައްވާނދޭވެ. އާމީން. ޔާރައްބަލްޢާލަމީން.

    23
    2
  5. އަހުސަން

    ލަންކާގެ މުސްލިމުންނައް ރާއްޖޭގެ ރައްވެހިކަން ދީގެން ރާއްޖެ ގެންނަންވީ. އެމީހުންގެ ހުރިހާ މުދަލަކާއި އެސެޓެއްވެސް ރާއްޖެއައް ބަދަލުކޮއް ވިޔަފާރިވެސް ރާއްޖެ ގެންނަންވީ.. އޭރުން ރާއްޖެގެ އާބާދީ ބޮޑުވެ އިކޮނޮމިކުކޮއް ކުރިއަރާދާނެ.. އަދި ޑޮމެސްޓިކު މާކެޓު ބޮޑުވެ ސަރުކާރުގެ އާމްދަނީ އިތުރުވެ ވަޒީފާތައް އުފެދޭނެ. އަދި ވިޔަފާރި ފުޅާވެ ތަރައްގީ ހަލުއިވާނެ. އަދި ލަންކާގެ މުސްލިމުންނައް އަމާން ދިރިއުޅުމެއް ލިބިގެނދާނެ. އަދި ލަންކާގެ އިކޮނޮމީ ވެއްޓި ބުޑިސްޓުންތަކައް ފިލާވަޅެއްލިބޭނެ.

    13
    2
    • ބޮލުރޯދި

      ސޫރިޔާ އަފްޢާނިސްތާނު އިރާގް އަދި ލީބިޔާގެ “މުސްލިމުންނާއި” ފަލަސްތީނު މީހުންވެސް ގެންނަންޖެހޭނެ ނޫންތޯ!؟

  6. ކުމާރު

    ލަންކާ މީހުން ތިބީދެބަންދިހާރު ވެފަ މިމީހުންނައް ނުއެގުނު 30 އަހަރު ވަންދެން އިންޑިޔާގެ ޖާސޫސީ އިދާރާއިން ލަންކާގަ ތަމަޅައިން އިންނައް ހަތިޔާރު، ފައިސާ އަދި ޓްރެއިނިން ދީގެން ބޮޑު އަހުލީ ހަގުރާމައެއް ކުރުވިކަންވެސް، އަދި މިފަހަރުގެ ހަމަލާއަކީވެސް ހަމަ އެއްބަޔަކު ހިންގި ކަމެއްކަން މިފަހަރު މުސްލިމުންނާ ތަޅުވަން.

    10
  7. Anonymous

    ކެންސަރަށް ކުރެވިދާނެ ފަރުވާއެއް ޑރ. އިޔާޒް

  8. Anonymous

    މުސްލިމުންނާ އެންމެ ދެކޮޅުވެރި ޢަދާވާތްތެރި ބަޔަކީ ޔަހޫދީންނާ ބުޑިސްޓުން ކަން މިހާރު މުޅި ދުނިޔެ ގަބޫލު ކުރާނެއެވެ. އިސްރާއީލް އާ ބެހޭގޮތުން ކިޔާނެ އިތުރު އެއްޗެއް ނޯންނާނެއެވެ. މިޔަންމާގަ މުސްލިމުން ދިރި ތިއްބާ އަންދާ މުސްލިމުން ކުދިކޮށް ކޮށާލީ ބުޑިސްޓުންނެވެ. އެކި ފަހަރުމަތިން އިންޑިއާގަ ވެސް ބުޑިސްޓުން ވަނީ މުސްލިމުންނަށް ހަމަލާ ދީފައެވެ. މިހާރު ލަންކާގަވެސް ބުޑިސްޓުންގެ އަނިޔާވެރިކަމެވެ. ލަންކާގަ ދިން ނިރުބަވެރި ހަމަލާއަކީ ބުޑިސްޓުން މުސްލިމުންގެ މައްޗަށް އަނިޔާވެރި ވެގަތުމަށް ރޭވިގެން ހިންގި ޖަރީމާއެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެ ހަމަލާގަ ބުޑިސްޓުންގެ އެއްވެސް ތަނަކަށް ހަމަލާއެއް ދީފަ ނުވުމުން ވެސް ރޭވުމެއް ކަމަށް ޝައްކު ކުރެވޭނެ އެވެ. ހިތާމަ އަކީ ބައެއް މުސްލިމް ގައުމުތަކުގެ ވެރިން މި ހަރުކަށި ބުޑިސްޓުންނާ ގުޅި މުސްލިމުންނާ މެދު އަނިޔާވެރި ވުމަށް އެބައިމީހުންގެ ޕްރޮޕެގެންޑާ ފަތުރާތީ އެވެ. ބުޑިސްޓުންގެ ތެރޭގަ ތިބޭ ހާމުދުރުންނަކީ އެމީހުންގެ އެންމެ ދީންވެރި މީހުން، ހާމުދުރުން އެންމެ ރުޅި އަންނަނީ މުސްލިމުންގެ ތެރޭގަ ތިބޭ ދީންވެރި ނުވަތަ ދީނަށް ލޯބިކުރުމަށް މަސައްކަތް ކުރާ މުސްލިމުންނަށެވެ. އެހެންކަމުން އެބައިމީހުންގެ އެޖެންޑާގަ އެވަނީ އެފަދަ މުސްލިމުން ނިކަމެތިކޮށް މަކަރުވެރި އެޖެންޑާގެ ދަށުން ކޮންމެވެސް ގޮތަކުން ޖަލަށްލާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމެވެ. ނުވަތަ ކޮންމެވެސް ގޮތަކުން މަރާލުމެވެ. ލަންކާއިން މި ބޮޑު މަންޒަރު ނުފެނޭތޯ އެވެ.