ފަލަސްތީނުގެ ސިޔާސީ އިސް ލީޑަރެއްކަމަށްވާ ޖިބްރީލް ރަޖަބް އަށް އިސްރާއީލުގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށައިފިއެވެ.

ފަލަސްތީނުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ރަޖަބް އަށް ފަރުބާ ދެވެމުން ދަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގެ ހޮސްޕިޓަލެއްގައެވެ. ރަޖަބް ފާހަގަވެފައިވަނީ އިސްރާއީލަށް އަމާޒުކޮށް ދެވޭ ހަމަލާތަށް ކުއްވެރި ކުރާ ލީޑަރެއްގެ ގޮތުގައިއެވެ.

ޖިބްރީލް ރަޖަބް އަށް އިސްރާއީލުގައި ފަރުވާދެވެމުން ދަނީ މީގެ ދެ އަހަރު ކުރިން އިސްރާއީލުގެ އެއްވެސް ހޮސްޕިޓަލަކުން ފަލަސްތީނުގެ އެއްވެސް މީހަކު ފަރުވާ ނުހޯދަން ނިންމާފައިވަނިކޮށެވެ.

ރަޖަބް އަށް އިސްރާއީލުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުން ދަނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި ސާފެއް ނުވެއެވެ.

ފަލަސްތީނުގެ ސިޔާސީ ލީޑަރަކަށް އިސްރާއީލުގައި ފަރުވާދެވެމުންދާއިރު ދާދިފަހުން އިސްރާއީލުން އައްޒާއަށް ދިން ހަމަލާއެއްގައި ވަނީ ފަލަސްތީނުގެ 27 މީހުން ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނެއެވެ.

މި ހަމަލާތައް ފެށުނީ އާދައިގެ މަތީން މުސްލިމުންނަށް އަނިޔާ ދިނުމުގެ ގޮތުން އިސްރާއިލް ސިފައިން ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާތަކަކާއި ގުޅިގެންނެވެ. މިއީ އިސްރާއީލުން ދިން މިފަދަ ހަމަލާއަކާއި ގުޅިގެން ރައްދުގައި ފަލަސްތީނުން ފަހުގެ ތާރީޚެއްގައިވެސް އިސްރާއީލަށް ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ.

އެގޮތުން މިހާތަނަށް ޣައްޒާއިން އިސްރާއީލަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާއިރު، އެ ހަމަލާތަކުގައި އިސްރާއިލްގެ 4 ޔަހޫދީއަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު