ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން މިއަދު ބާއްވާ ބޮޑު މުޒާހަރާ އާއި ދިމާކޮށް އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރި ޣައްޒާގެ އިން މިހާރު ވަނީ އެލާޓަށް ގެނެސްފައެވެ.

މި މުޒާހަރާ އަދި ފަށާފައި ނުވިނަމަވެސް އިސްރާއީލުގެ ސިފައިން ވަނީ މި މުޒާހަރާގައި ޣައްޒާގެ ކުޑަކުދިން ބައިވެރިކުރުމަށް ހަމާސްއިން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އިސްރާއީލުން ބުނީ މި މުޒާހަރާގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިގާނަމަ ނުވަތަ އިސްރާއީލަށް ހަމަލާއެެއް ދޭނަމަ ރައްދުދޭނެ ކަމަށް ބުނެފައެވެ.

އިސްރާއީލުން މިހެން ބުނި އިރު މިއަދު މުޒާހަރާގައި ފަލަސްތީނުގެ މީހަކު ޝަހީދު ވެއްޖެނަމަ، އޭގެ ރައްދު ހަމަލާ ވަގުތުން ވަގުތަށް ދޭނެ ކަމަށް ބުނެ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ވަނީ އިސްރާއީލަށް އިންޒާރު ދީފައެވެ.

މިއަދު ބޮޑު މުޒާހަރާގައި ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭއިރު މިއަދާ ހަމައަށް މި ހިނގި 71 އަހަރުގެ ކޮންމެ މެއި 15 ވަނަ ދުވަސް ފަލަސްޠީނު ރައްޔިތުން ދެކެނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ އައު ހިތްވަރެއް ކަމުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއަދު ބާއްވާ ބޮޑު މުޒާހަރާގައި ފަލަސްތީނުގެ އެއްމިލިއަން މީހުން ބައިވެރިވާނެއެވެ. މިއަދުގެ ބޮޑު މުޒާހަރާއަށް ފަލަސްތީނުގެ ސަރުކާރުގެ އިދާރާތަށް ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 300 އަށް ވުރެން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްލިމާ

    ޔާ ﷲ ... މި ބަރަކާތްތެރި ރަމަޟާން މަހު ފަލަސްތީނުގެ ރައްޔިތުންނަށް ނަޟްރު ދެއްވާންދޭވެ...

    53
    • ަގފ

      އާމީން

  2. ނަޞީބު

    ޔާﷲ މިބަރަކާތްތެރި މައްސަރުގައި ފަލަސްޠީނުގެ އެންމެހައި މުސްލިމުން ނަޞްރާއި ކާމިޔާބު ދެއްވައި އިސްރާއީލުން ބަލިކުރައްވައި ނިކަމެތި ކުރައްވައި ފަލަސްޠީނުގެ އެންމެހާ ބިންތައް ފަލަސްޠީނުގެ މުސްލިމުންނަށް ދެއްވައި އެބިމުން އިސްރާއީލުގެ ދައުލަތް ބޭރުކުރައްވައި އިސްރާއީލް ނިކަމެތިކުރަށްވައިފާންދޭވެ އާމީން