ފަލަސްތީނުން މިއަދު ކުރާ ބޮޑު މުޒާހަރާ ކުރަން ފެށިތާ ގިނަ އިރުތަކެއް ނުވަނީސް، ފަލަސްތީން މުޒާހަރާގެ ތެރެއަށް އިސްރާޢީލް ސިފައިން ބަޑި ޖަހަން ފަށައިފި އެވެ.

އިސްރާއީލްގެ ނޫހެއް ކަމަށްވާ، "ހަރޭޒް"، އިން ބުނެފައިވަނީ މުޒާހަރާ ކުރާ ފަލަސްތީން މީހުންގެ ތެރެއަށް އިސްރާޢީލް ސިފައިން ބަޑި ޖަހާ ކަރުނަ ގޭސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސުކަންކް ސްޕްރޭވެސް ބޭނުން ކުރަމުންދާ ކަމަށް މީޑިޔާއިން ރިޕޯޓް ކުރެއެވެ. ސުކަންކް ސްޕްރޭއަކީ ބާރުގަދަ 7 ކެމިކަލެއް ބޭނުންކޮށްގެން އުފައްދާފައިވާ ނުރައްކާތެރި ސްޕޭއެކެވެ. ޕަލަސްތީންގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާތަކާއެކު މުޒާހަރާގެ ބައެއް ބައިވެރިންވަނީ ޒަޚަމްވެފައެވެ.

މިއަދުގެ މުޒާހަރާއަކީ ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން ބޭއްވި މުޒާހަރާއެކެވެ. ފަލަސްތީނުގެ ބިން އިސްރާއީލުން ގަދަކަމުން ފޭރިގަތް ދުވަހު، އިސްރާއީލްގެ 750,000 މީހުންނަށްވުރެ ގިނަ މީހުން އަމިއްޒަ ވަޒަން ދޫކޮށް ދިއުމަށްވަނީ މަޖުބޫރުކޮށްފައެވެ.

މިދިޔަ އަހަރު ނަބްކާ ދުވަސް ފާހަގަ ކުރުމަށް، އޭގެ އެއް ދުވަސް ކުރިން، 14 މެއި ގައި ކުރި މުޒާހަރާގެ ތެރެއަށް ބަޑި ޖަހާ 62 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. އަދި 2700 މީހުންވަނީ ޒަޚަމްކޮށްލާފައެވެ. އެދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ފަލަސްތީނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސާމިޔާ

  މުސްލިމް އަޚުންނާއި އުޚުތުން ކުރާހިތްވަރަށް އައްސަރިބަހާއި ސާބަސްދެން،

  52
 2. ނުރަބޯ

  ލޮލް

 3. ނ

  ހިތާމަ ހުރި

 4. ގޮލާ

  މުޒާހަރާ ކޮއްގެން ހައްލެއްނުވާނެ..
  ހައްލުވާނީ ނަބިއްޔާ ސ.އ.ވ އަދި ސާހަބީން ތިޒާތުގެ ކަންކަން ހައްލުކުރެއްވި ގޮތައް..

  6
  1