ނިއުޒިލޭންޑުގެ ޖަޒީރާ ރަށަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ނިއުޒިލޭންޑުގެ ކާމަޑެކް އައިލޭންޑްސް އަށް، ރެކްޓަރ މިންގަނޑުން 5.3 ގެ ބާރުމިނުގައެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެއިސްމޮލިޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އައީ ކާމަޑެކް އައިލޭންޑްސްގެ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން އަދި ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ.

މިރޭ ނިއުޒިލޭންޑަށް ބިންހެލުން އައި ކާމަޑެކް އައިލޭންޑްސް އަކީ މީހުން އުޅޭ ސަރަޙައްދެއް ނޫނެވެ. އަދި ބިންހެލުމުގެ އަސަރު މީހުން އުޅޭ ރަށްތަކަށް ކޮށްފައިވާ ކަމަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު