ނީލަ ކޯރު ހުރަސްކޮށް އެޅި ދުނިޔޭގެ އެންމެ ފުޅާ ސަސްޕެންޝަން ބްރިޖް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ހުޅުވައިދެއްވައިފިއެވެ.

އިއްޔެ މިސްރުގައި ބޭއްވި ރަސްމިޔާތެއްގައި މި ބްރިޖު ހުޅުވުނު އިރު މިއީ މިސްރަށް ޒަމާނީ ތަރައްގީ ގެނައުމަށާއި ވަޒީފާތަށް އިތުރު ކުރުމުގެ ސިޔާސާތުގެ ދަށުން އެޅުނު ބްރިޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބްރިޖް ދެމިގެންދަނީ ނީލަ ކޯރުން ވަރަގު އައިލެންޑުން ފެށިގެން ރަތް ކަނޑު ހުރަސްކޮށް މިސްރުގެ ވެރިރަށް ކެއިރޯ އަށެވެ. މި ބްރިޖުގެ ސަބަބުން މިސްރުގެ ވެރިރަށުގައި ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މިސްރުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ފުޅާމިނުގައި 63 މީޓަރު ހުންނަ މި ބްރިޖުގައި ހަ މަގެއް އޮވެއެވެ. ބްރިޖު ހެދުމަށް އެއް މިލިއަން ކިޔުބިކް މީޓަރުގެ ކޮންކްރީޓް އާއި 1400 ކިލޯމީޑަރުގެ ވަޔަރިން ވަނީ ބޭނުންކޮށްފައެވެ. މިއީ ރިކޯޑެކެވެ.

މި ބްރިޖުގެ މަސައްކަތް މިސްރުގެ ރައީސް ސީސީ ފައްޓަވައިދެއްވީ 2015 ވަނަ އަހަރުއެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ސީސީ ސަރުކާރާއި ހަވާލުވެވަޑައިގެންނެވިފަހު މިސްރުގެ އެތައް ސަރަހައްދަކަށް ހަނގުރާމަވެރިން ވަނީ ހަމަލާދީފައެވެ. ހަނގުރާމަވެރިންގެ ހަމަލާތަކުގައިއެތައް ސަތޭކަ ސިފައިންނާއި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ މަރުވެފައެވެ.

ސީސީ ވިދާޅުވީ މިސްރަކީ ހުރިހާ އެންމެންނަށް ހަމަހަމަ ތަނަކަށް ހައްދަވާނެ ކަމަށާއި، އެހެންނަމަވެސް ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ވިސްނުންތައް ގެންގުޅޭ މީހުންނާއި ނިރުބަވެރިންނާއި ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ސީސީ ވިދާޅުވީ އިގްތިސާދު، އިޖްތިމާއީ، އަދި ސިޔާސީ ފިއްތުންތަކާއި އެކަންކަމުގައި ކުރިމަތިވާ ނޭދެވޭ ކަންކަމުން ސަލާމަތް ވުމަށް ކުރިމަތިލާނީ އެންމެން އެކުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަންޚކަލޯ

    ޔާމީން އެކަނިނޫންދޯ ބްރިޖް އަޅަނީ . މިސްރުން ބްރިޖް އަޅާނީ 2 ބްރިޖް އަގައްވާ ފައިސާއަކުންނޫންކަން ޔަގީން .

    6
    8
  2. ފުނަދޫ

    ޔާމިނުބުރިޖު އެއޮތީއަޅާފަ 2 ގުނަފައިސާދީގެންވެސް ސޯލިހުބުރިޖެއް އަޅާބަލަ ބުރިޖެއްގެ ދެބައިކުޅައެއްބައިގެ ރުފިޔާދީގެވެސް ހަރަދުކުޑަކޮންއެޅީމަ އެޅިކަންއިނގޭނީ ހުސްއަނގަ ޔާކަމެއްހަރާމުންހަރާން

    8
    1
  3. އަހަުމަދު

    މި ބްރިޖް އަޅާފައިވާނީ ހަމަ ރަނގަޅު އަގުގައި ކަނޑުގެ ދިރާސާތައް ހެދުމަށް ވެސް ދިވެހި ސަރުކާރުން ޚަރަދެއް ނުކުރޭ 200 މިލިޔަން ޑޮލަރ ގެ ތެރެއިން ދިވެހި ސަރުކާރުން 5 އަަހަރު ފަހުން ލޯން ދައްކަން ފަށަން ޖެހެނީ އަދި 20 އަހަރު ތެރޭގައި މިހާ ފުން ކަނޑެއްގައި އަދި ބާރު އޮއި ހުރި ތަނެއްގައި ހާދަ އުދަނގުލުންނޭ މިކަން ކުރީ . ބްރިޖް ނޭޅޭނެ އޭ ..ވެއްޓޭނެއޭ ކީމީހުން އެ ބްރިޖު މަތިން މިއަދު އެދަތުރު ކުރަނީ އަހަރެން މީ ހަސަނު ނަމަ ބްރިޖަށް ނުވެސް އަރާނަން. މިސުރުގައި އެޅި ބްރިޖަށް ދިޔަ ވަރު ހަސަނު ބުނެލަދިންނަމަ ކިހާ ރަނގަޅުވީސް ދިރާސާއެއް ނުކޮށް ގޭގައި އިނދިގެން ... ބަސް ނުބުނޭ.... ބޮޑޭ ބޮޑޭ ނުކިޔާ ވާދަ ކޮށްލަން ވާދޫ ކަނޑުގައި އެނބޫދޫ އައި މާލެ ގުޅާލަބަލަ އިންޑިޔާ މީހުން ލައްވާ..... ނުވަތަ ބްރިޖު ސައިންސާ ބެހޭ ލިޔުމެއް ލިޔެލަ ބަލަ

    1
    1