ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ލޭއޮހޮރުވުންތައް ހިންގަމުންދާ ހައްދުފަހަނައަޅާފައިވާ ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އާއި ދެކޮޅަށް ލަންކާގެ މުސްލިމުން އެއްވުމެއް ބާއްވައިފިއެވެ.

މުސްލިމުން މިއަދު އެޤައުމުގައި ސުލްޙަވެރިކަމާއެކު މި އެއްވުން ބާއްވާފައި ވަނީ، މަރަދާނަ ސިޓީގައި އޮންނަ ބޭރުވަލަ އަވަށުގެ މަސްޖިދުލް އަބްރާރު ޖުމްޢަ މިސްކިތުގައި މިއަދު ކުރި ހުކުރު ނަމާދަށް ފަހުއެވެ. މި އެއްވުމުގައި ހުކުރު ނަމާދަށް ދިޔަ ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވެފައިވާއިރު، އެފަރާތްތަކުން ވަނީ މުސްލިމުންގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ލަންކާގެ މުސްލިމުން އައިސިސް އާއި ދެކޮޅަށް ޝުޢޫރުފާޅުކޮށް މިއަދު އެއްވުމެއް ބާއްވާފައި މިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ އަށް ސަރަޙައްދެއްގައި ބޮންގޮއްވައިގެން ދިން ވަރުގަދަ ހަމަލާތަކުގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައި ވަނިކޮށެވެ. އެކަމާއި ގުޅިގެން ލަންކާގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނާއި މުސްލިމުންނާއި ދެމެދު ދެކޮޅުވެރިކަން އުފެދި ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.

މިއަދު މި އެއްވުން ބާއްވާފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގި ފަރާތްތަކުން އެންމެ ބޮޑަށް ގެއްލުން ދިން މިސްކިތުގެ ކައިރީގައެވެ. ހަރުކަށި ފުކުރުގެ ބުދިސްޓުން އެ މިސްކިތަށް މިދިޔަ ހަފްތާގެ ތެރޭގައި ހަމަލާ ދީފައިވާއިރު، މިސްކިތުގައި ހުރި ހުރިހާ ދޮރެއް ތަޅާލާ މިސްކިތް ތެރޭގައި ހުރި ހަތިމްތައް އުކައި އަންދާލާފައި ވެއެވެ.

މުސްލިމުންގެ ނަމުގައި ހަރަކާތްތެރުވާ އައިސިސް ޖަމާޢަތަކީ މުޅި ދުނިޔޭގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާ ނިރުބަވެރި ޖަމާޢަތެކެވެ. އެ ޖަމާޢަތުން ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާފައިވާއިރު، އެ ޖަރީމާތަކުގެ ތެރެއިން ކުށެއް ނެތް މައުސޫލު އެތައް ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން މަރުވެފައި ވެއެވެ.

ކުށެއްނެތް އާންމު ރައްޔިތުން މެރުމަށްފަހު އައިސިސް އިން ބުނަމުންދަނީ އެއީ އިސްލާމް ދީނުގެ ނަމުގައި ކުރާ ޖިހާދެއް ކަމަށެވެ. އެ ޖަމާޢަތުގެ މީހުން ބުނާގޮތުގައި އެ ޖަމާޢަތުން ބާރު ފޯރުވާ ބިންތައް ފިޔަވައި ދެން ދުނިޔޭގައި އޮތީ ޝުރުކުގެ ބިމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމަދު

    އައިއެސް ހައްދުފަހަނަ އެޅިގޮތެއް ތަފްސީލް ކޮއްލަދެއްވަބަލަ؟

    10
    45
    • ބަގް-ދާދީ

      ތަފްސީލުގަ އަޅައިގެންފަ ވެއްޓުނިއްޔާ އެނގޭނެތަ. ކުޑަކުދިން މަރާފަ އެއީ ދީނަށްޓަކާ ކުރި ޖިހާދެކޭ ބުނާނީ ހައްދުފަހަނައަޅާފަ ތިބި މީހުން. ކޮން ތަފްސީލެއް ކިޔާކަށްތަ. އައިއެސް އަކީ މުސްލިމުން ކަމަށް ހެދިގެން އުޅޭ މުނާފިގު ބައިގަނޑެއް.

      58
      10
    • ހުސޭނުބޭ

      ކޮއްކޯ! ކަލޭ ދުވަހަކުވެސް އަޑުއެހިންތަ ތި އިއެސް އިޒްރޭލަށް ހަމަލާއެއްދިން ވާހަކަ! ހައްތާވެސް މުސްލިމުންތަކެއް މަރާފައި ނޫނީ އިސްލާމްދީނުގެ ނަން ޚާރާބުކުރުމަށް ކޮންމެވެސް ނުލަފާ ކަމެއް ކޮށްފައި އެމީހުން ކިޔަނީ ޖިހާދޭ!

      23
      4
    • ޢަލީ

      ޢަހުމަދު ގެ ކޮމެންޓަކީ ވަރައް ގަޅި ނުވިސްނޭ ސިކުނޑި މެހި ސިކުޑިގެ ވެރިޔެއް އަހުމަދަކި

      2
      2
    • ހޭބަލި

      ހޭބަލިވެފަތަ ތިހުންނަނީ. އިސްލާމުންގެ އަގުވައްޓަން އިސލާމުންނަށް ދުއްތުރާކުރަން އިޒުރޭލުން އުފައްދައިގެން އުޅޭބައިގަޑެއް. ކީއްވެތަ އެމީހުން ކާފަރު ޤައުމުތަކަށް ހަމަލާ ނުދެވިގެން އެއުޅެނީ. ތަފުސީލް ކޮއްލަދެއްވަބަލަ.؟

      4
      2
  2. Anonymous

    ތި ކިޔާ އައިސިސް ބައިގަނޑަކީ މުސްލިމުންގެ ނަމުގަ އުޅޭ އިޒްރޭލުގެ ބައިގަނޑެއް. އެމީހުންގެ ބޭނުމަކީ މުސްލިމުންނާދޭތެރޭ ނަފްރަތު އުފެއްދުން.

    45
    7
  3. ޢަލީ އަޙުމަދު

    އައިއެސް އަކީ އެމެރިކާ އާއި އިޒްރެލުގެ އުފެއްދުމެއް. ޢޭގެ ލީޑަރަކީ ޚުދު އިޒްރޭލީއެއް. ދެބުރާންތި ޖެހިފައި ތިބި ބައެއް މުސްލިމުން އެ ޝައިތާނުންގެ ދަޅައަށް ހެއްލެނީ.

    6
    4
  4. މޯދީ

    ކަލޭމެނަށް މާ ބޮޑަށް އެނގެނީ... ކަލޭމެން އެންމެން އެކަތިގަނޑަކަށް ވެގެން ހަނގުރާމަ ކުރިޔަސް އައި.އެސް ބައްޔެއްް ނުކުރޭވޭނެ. ހަމަ އަސަރެއް ކޮށްލާ ތިބެން ޖެހޭނީ. މި ކޮމެންޓު ވެސް ނުކެރޭނެ ޖަހާކަށް

    5
    9
  5. މޮޔަސޮރު

    ހަނގުރާމާގައި ވެސް އަންހެނުންނާއި ކުޑަކުދިން މެރުމެއް ނުވޭ. ހަމައެއް ލަމައެއްނެތި ބޮންގޮއްވަމުން މީހުން މަރަމުން ދިރިތިއްބާ އަންދަމުން ދިއުން ދީނުގެ ނަމުގައި ޖިހާދު ކުރުމުގައި އޮވޭތަ. ހަމަ ނޭގޭތީ އަހާލީ އެގޭ ކުއްޖަކު ބުނެދީބަލަ

    19
    2
    • އައި އެސް

      ދީނުގަ އޮވޭތަ ނަމާދު އަޅާށޭ؟ އޮރިޔާން ނިވާ ނުވާ ހެދުން ލައިގެން މަގުމަތީ އެނބުރޭށޭ؟ މިއުޒިކާ ލަވަ މުބާރާތް ބާއްވާ ސްޓޭޖް ޝޯވް ތަކުގައި އަންހެނުން ނާއި ފިރިހެނުން ގައިގޯޅިވެ ނަށާށޭ؟ ޒިނޭ ކުރާށޭ އޮވޭތަ؟ ބަނގުރަލާއި މަސްތުވާ ތަކެތި ބޭނުން ކުރާށޭ ދީނުގައި އޮވޭތަ؟ ޤުރުއާނާއި، ރަސޫލާގެ ސުންނަތަށް ފުރަށްސާރަ ކުރާ މީހުންނަށް ހިމާޔަތް ދޭށޭ އޮވޭތަ؟ ޤުރުއާނާއި ސުންނަތުން ކަނޑަ އެޅިގެން ސާބިތުވާ ކަންތައް ،ތިމާ މެން އަމިއްލަ ގޮތްގޮތަށް މޮޑިފައި ކުރާށޭ އޮވޭތަ؟ ﷲގެ ހުކުމްފުޅުތަށް ބަދަލުކޮށް ، އަމިއްލަ ވަޞުއީ ޤާނޫނުތައް ހަދާށޭ ދީނުގައި އޮވޭތަ؟ މި ހުރިހާ ކަމަކީ މިޤައުމުގައި ކުރާ ކަންތައް، ވީމާ ތިޔަ ބުނާ އައި.އެސް އެކޭ އަހަރެމެންނެކޭ އެއްވެސް ތަފާތެއް ނެތް، ނޭނގޭތީ ހަމަ އަހާލީ

      9
      5
    • ބީއެސް

      "އައި އެސް" ގެ ނަމުގައި ކޮމެންޓް ކުރި މީހާއަށް. މީހުން މެރުމާއި މިއުޒިކާ އެއްވަރެއް ނުކުރެވޭނެ. ރޭޕް ކުރުމާ ޒިނޭ ކުރުންވެސް އެއްވަރެއް ނުކުރެވޭނެ. ގައުމެއްގައި ތިކަހަލަ ކަންކަން ކުރާތީ މީހުން މެރުމާ އެއްވަރު ކުޜަނަމަ ކަލެއަށްވުރެ ބޮޑު ޖާހިލެއް މިއުޑުދަށުގައި ނެތް.