ޓްރަމްޕަކީ މުސްލިމުންނާ ދެކޮޅުވެރިއެކެވެ. ނަސްލީ ތަފާތު ކުރުމާއި، އެގަމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ބަދު ބަސް ބުނުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. ދުނިޔެއަށް ދަޅަ ދެއްކުމުގެ ގޮތުން ނޫނީ މުސްލިމުންނަށް ހެޔޮ ބަހެއް، ނޫނީ ހެޔޮކަމެއް ޓްރަމްޕް ކޮށްދީފައެއް ނެތެވެ. އެމެރިކާގެ ވެރިން، ކޮންމެ ރަމަޟާން މަހަކު މުސްލިމުންނަށް ހާއްސަ ރޯދަ ވީއްލުމެއް ދެމުންދާ ސަގާފަތްވެސް ފޮޅާލި ވެރިންގެ ތެރޭގައި ޓްރަމްޕް ހިމެނެއެވެ.

1996 ވަނަ އަހަރު ބިލް ކްލިންޓަނު ވެރިކަމުން ފެށިގެން ކޮންމެ ރޯދަމަހު ވައިޓް ހައުސްގައި މުސްލިމުންނަށް ދޭ ރޯދަ ވީއްލުން، 2017 ވަނަ އަހަރު ޓްރަމްޕް ކެންސަލް ކޮށްލިއެވެ. އޭގެފަހުން މިއަހަރާއި، މިދިޔަ އަހަރުވެސް ޓްރަމްޕް ރޯދަ ވީއްލުން ދީފައިވާ އިރު، އެންމެ އަހަރަކުވެސް އެމެރިކާގެ މުސްލިމުންނަކަށް ދައުވަތެއް ނުދެއެވެ.

މިފަހަރުގެ ރޯދަ ވީއްލުމުގައިވެސް މުސްލިމް އެއްވެސް ޖަމާއަތަކަށް ޓްރަމްޕް ދައުވަތު ދީފައިނުވާ އިރު، އެ ރޯދަ ވީއްލުުގައި ބައިވެރިވީ ހަމައެކަނި އެމެރިކާގައި ތިބޭ މުސްލިމް ގައުމުތަކުގެ ޑިޕްލޮމެޓުން އެކަންޏެވެ. މުސްލިމް ޖަމާއަތްތަކުން ބުނެފައި ވަނީ ދައުވަތު ދިން ނަމަވެސް ބައިވެރި ނުވާނެ ކަމަށާއި، ޓްރަމްޕަކީ މުސްލިމުންނާ ދެކޮޅު، މުސްލިމުންގެ ކަންކަމަށް ފުރައްސާރު ކުރާ މީހެއް ކަމަށެވެ.

ޓްރަމްޕް ރޯދަ ވީއްލުމުގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ހާއްސަ މަހެއް ކަމަށާއި، މުސްލިމުންނަށް ރަމަޟާން މަހުގެ ބަރަކާތް ލިބުން އޭނާ އެދޭ ކަމަށެވެ.