އެމެރިކާ އާއި އީރާނުގެ މައްސަލަ ހޫނު ވަމުން ދާއިރު މެދުއިރުމަތީގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އިން ބޭނުން ވަނީ އެމެރިކާ އިން އީރާނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސައުދީ އަރަބިއްޔާ އާއި އީރާނަކީ ޒަމާންވީ ދެހަތުރުންނެވެ. ދެގައުމުގެ ގުޅުން އިތުރަށް ގޯސްވީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެ ފަހަރު އުފެދުނު ހިޔާލުތަފާތުވުން ތަކަށް ފަހު ދެގައުމުން ވަނީ ހާރިޖީ ގުޅުން ވެސް ކަނޑާލާ އެމްބަސީތައް ވެސް ބަންދުކޮށްފައެވެ.

އީރާނާއި އެމެރިކާގެ މަސްރަހު ގޯސްވެފައި ވަނިކޮށް އިއްޔެ ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނީ "ވަރުގަދައަށް އީރާނަށް ހަމަލާ ދޭން ޖެހޭ." ކަމަށެވެ.

މެދުއިރުމަތީގައި އޮތް އިސްރާއީލް ފިޔަވައި އެމެރިކާގެ އެންމެ ގާތް "އެކުވެރިޔަކީ" ސައުދީ އަރަބިއްޔާ އެވެ. ނަމަވެސް އީރާނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާ އިން ބާރުއެޅި ކަމުގައި ވީނަމަވެސް އެމެރިކާ އިން އީރާނަށް އަސްކަރީ ހަމަލާއެއް ދިނުން ދުރުކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

އެމެރިކާ އާއި އީރާނުގެ ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ އިޤުތިޞާދަށާއި ދުނިޔޭގެ އިޤުތިޞާދަށް ވެސް ކުރާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ވަރަށް ބޮޑަށް އިޤުތިޞާދީ ކުރިއެރުމަށް ވިސްނާ ރައީސް އަކަށް ވާތީ މިދަނޑިވަޅުގައި އީރާނަށް ހަމަލާ ދިނުން ދުރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ޓްރަމްޕަށް ލަފާ އަރުވަން އެންމެ އަރިހުގައި ތިބި އިސް ބޭފުޅުންނަކީ އީރާނަށް ހަމަލާ ދިނުމަށް ވަރަށް ބޮޑަށް ތާއިދު ކުރާ ބައެކެވެ. އެހެންކަމުން މަސްރަހު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލު ވުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނު

    ދެވަނަ އިޒްރޭލް ސައުދީ ރަސްދަރި ކޮޅަކީ !

    17
    1
  2. ޖަޙާންގީރު

    ޢަރަބިން މިހާރު ތިބީ ހަލާކު ވެފަ ދުނިޔެއާއި މުދަލަށްޓަކާ އިސްލާމް ދީން ވިއްކާލާފަ !

    18
  3. އަލީ

    ސައޫދީ އެރެބިއާއަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމެއް ނޫން. އެއީ އަމިއްލައައަށް ހަތިޔާރު ކީއްކުރަން މޮހޮރެއްވެސް އުފެއްދޭ ބައެއް ނޫން. ގައުމެއް މުއްސަނދިވެ ތަނަވަސް ވުމަކީ އަދި ބާރުގަދަ ވުމެއް ނޫން. ބާރުގަދަ ބަޔަކީ އަމިއްލަ ހިތްވަރުން ފައިމައްޗަށް ތެދުވެ ދުޝްމަނުންނަކީ ކޮންބައެއްކަން ދެނެގަނެ އެބަޔަކަށް ދޫނުކޮށް ހިތްވަރު ނެރޭމީހުން.

    11
    1
  4. ދެބައި

    އެއިީ ސުންނީންނާއި ޝީޢީ ބައިގަނޑާއި އޮންނަ ދެކޮޅު ވެރިކަން.

  5. ނަންނު

    މިހާރު ސަޢުދީއިން އުޅެނީ އަބަދުވެސް ހަގުރާމައެއް ކުރާހިތުން މީ ވަރަށް ދެރަކަމެއް

    6
    1