އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ނިކޮބާ އައިލޭންޑްސް އަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ނިކޮބާ އައިލޭންޑްސް ސަރަޙައްދަށް މި ބިންހެލުން އައިސްފައިވަނީ މިރޭ 12:00 ހާއިރުއެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރު ބުނެފައިވާގޮތުގައި މޮލޕނާ އައިލޭންޑްސް އަށް މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ކުރިން މި ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 4.6 ގެ ދެ ލޮޅުމާއި 4.3 ގެ ލޮޅުމެއް މިރޭގެ ވަގުތެއްގައި އަސްފައިވާ ކަމަށް ބިންހެލުންތައް މޮނިޓާ ކުރާ އިދާރާތަކުން ބުނެފައި ވެއެވެ.

ރާއްޖެ އާއި ދެހާސް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ނިކޮބާ އައިލޭންޑްސް ސަރަޙައްދަށް މިރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައި ނުވާއިރު، މި ބިންހެލުމުގެ ސަބަބުން ނިކޮބާ އައިލޭންޑްސް އަށް ލިބުނު ގެއްލުމެއް އަދި ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިރޭ މި ސަރަޙައްދަށް އައި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ނެރެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު