އިސްރާއީލުގެ އެއިރޯ ސްޕޭސް އެޖެންސީގެ އެހީތެރިކަމާއި އެކު އިންޑިއާގެ ނޭޝަނަލް މިލިޓަރީ އެޖެންސީ އިން އުފެއްދި މެދު ރާސްތާ ސާފޭސް ޓު އެއާ މިސައިލެއް އިންޑިއާއިން ޓެސްޓް ކޮށްފިއެވެ.

ބަރަކާ -8 ގެ ނަމުން ދީފައިވާ މި މިސައިލް ޓެސްޓް ކޮށްފައިވަނީ ހުޅަގު އިންޑިއާގެ ޗެނައީގެ ބޭރުން އިންޑިއާ ކަނޑުގަައި އެވެ. މި މިސައިލަކީ 70 ކިލޯމީޓަރު ދުރުން އަންނަ ބެލެސްޓިކް މިސައިލްތަށް ވެސް ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.

މި މިސައިލް ޓެސްޓުގެ ތަޖުރިބާއާއި އެކު އިންޑިއާގެ ކަނޑުގެ އަސްކަރީޔާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެގައުމުން ހާންމަ ކުރެއެވެ.

އަސްކަރީގޮތުން ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ އިންޑިއާ އަދި އިސްރާލުގެ ގުޅުން އިތުރަށް ބަދަހި ކުރަމުންދާއިރު އިންޑިއާއިން ވަނީ އެގައުމަށް ފުރު ރާސްތާ މިސައިން ފޯރުކޮަށްދިނުމަށް 777$ މިލިއަން ޑޮލަތުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފައެވެ.

މިދިޔަ އަހަރު އިސްރާއީލަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ހަދާފައިވާ ޓެކްނޮލޮޖީ އާއި ފެނާއި ދަނޑުވެރިކަމާ ބެހޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު