ސްރީ ލަންކާގެ އެއާޕޯޓާއި އިމިގްރޭޝަންސްއިން މުސްލިމުންގެ ބުރުގާ ބާލުވަން މަޖުބޫރު ކުރާތީ އެކަމުގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ މުސްލިމުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެގައުމުގައި އަޅަން ފަށާފައިވާ އިރު، އެގައުމުގެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ބޮން ގޮއްވާފައި ވަނީ މުސްލިމުން ކަމަށެވެ. އެހެން ނަމަވެސް އެ ބޮން ގޮއްވުމުގެ ޒިންމާ، މުސްލިމުންގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ޖަރީމާތައް ހިންގަމުންދާ އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ.

އެހެން ނަމަވެސް، ހަމަލާތަކާ ގުޅިގެން ލަންކާގެ މުސްލިމުންނަށް އެގައުމުގައި އުޅެންވެސް ވަނީ ދަތިވެފައެވެ. ލަންކާގެ މުސްލިމުންގެ ގެދޮރާ ފިހާރަތަކަށްވެސް ބުދިސްޓުން އިސްވެ، ގެއްލުން ދެމުންދާ އިރު، އެގައުމުގެ ސިފައިން ވަނީ މީގެ ދެ ރޭ ކުރިން ކާފިއުވެސް އިއުލާން ކޮށްފައެވެ.

ޗެކު ކުރަން ކަމަށް ބުނެ، މުސްލިމުންގެ ބުރުގާ ބޭލުވުމުގެ އިތުރުން، ބުރުގާގެ އެތެރެއިން އެއްވެސް ފޮތިކޮޅެއް އަޅާފައިވާ ނަމަވެސް، އެވެސް ބާލުވާ ކަމަށް އާންމުން ވަނީ ބުނެފައެވެ. އަދި ބުރުގާ ބާލުވަނީވެސް އެންމެން ކުރިމަތީގައި ކަމަށާއި، ބޮލުގައި އެއްޗެއް އަޅައިގެން ހުރި ނަމަ، އެ އެއްޗެއް ބާލުވަނީ ހަމައެކަނި މުސްލިމުންގެ ކަމަށްވެސް އާންމުން ބުނެފައިވެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅޭ ލަންކާގައި މުސްލިމުންނާ ދެކޮޅު ޕްރޮޕެގެންޑާތަކެއް ހިންގަމުންދާ އިރު، އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށްވެސް ވަނީ ބައެއް ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން ބުރުގާ ބާލާ، އެތައް ބައެއްގެ ކުރިމަތީގައި ޗެކު ކުރަން ކަމަށް ބުނެ، ކަންތައް ކުރާތީ ބައެއް ދިވެހިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލަންކާގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބަޔަކުވެސް ހައްޔަރު ކޮށްފައިވާ އިރު، ރާއްޖެއާ ލަންކާއާ ދޭތެރޭ މަސްލަހަތު ނުގެއްލޭނެ ގޮތަކަށް އަމަލުތައް ބަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ލަންކާ އެޕާޓްމަންޓް ބިލްޑިންގެއްގެ ޕެންޓް ހައުސް ކުއްޔަށް ނަގައިގެން އުޅޭ ދިވެހި ވިޔަފާރިވެރިއަކަށް އެ އިމާރާތުގައި ނޫޅެވޭނެ ކަމަށް އަންގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެއްކުރޭ

    ޢެހެންމީހުނާ ތަފާތުކޮށް އުޅެމުން ދީނުގެ ނަމުގާ ލާއިންސާނީ ޖަރީމާ ހިންގީމާ ދިމާވާކަންތަ ކެއްކުރަން ނުވަތަ އެހެންގައުމުތަކަށް ނުގޮސް ރަށުގާ ތިބުން ނުންކަމެެއް ކުރެވޭނެތަ

    18
    6
    • ޑ

      ސުއިސައިޑް ބޮމްބް ކުރުމަކީ ޙަރާމް ކަމެއް. އަމިއްލަޔަށް މަރު ވަނީ....

      17
      3
  2. ހޯރޮ

    ކޮބާތޯއޯގާތެރި ސަރުކާރު ހިތުހުރިހާ ގޮތަކަހަދާއިރުވެސް ޗުކީ.................

    39
    1
  3. ސޫދު

    އޯގާތެރި ސަރުކާރު އުއްފުވެސް ނުކެރޭ ބުނަން......

    44
    2
  4. މަމިޔޮކާކަ

    ދިވެހި ރާއްޖެ އައް އެތެރެވާ އެއްމެންވެސް ޓޫރިސްތެއް ނަމަ ރިޒޯޓާ ހަމަ އައް ނުވަތަ ޓޫރިސްޓުން ތިބުމައް ކަޑައެޅިފަ ވާހިސާބަކަށް ދިގު ހެދުމެއްގަ ބުރުގާ އަޅައިގެން ނޫނީ އެތެރެ ނުވެވޭ ގޮތަށް ޤާނޫނު ހަދަން ފެނޭ. ރައްޔިތުން ދިއުޅޭ ހިސާބު ތަކައް މިނޫން ގޮތަކަށް ނިކުމެ އުޅޭނަމަ އޭޖެންޓާއި މެދު ހަރުކަށިފިޔަވަޅުއެޅިދާނެ... މިކަމަކުން ޓޫރިޒަމަކަށް އަސަރެންނުކުރާނެ...

    24
    5
  5. ފާތުމް

    ލަންކާ ބޮއިކޮޓްކޮއްފަ ލަންކާއައް ދިވެހިން ނުދާން ވިސްނާހިސާބައް ކަންތައްގޮސްފި

    29
    1
  6. ޢާއްމު ކޯފާ

    ކުރާ ނުބައި ނުލަފާ ކަންކަމުގެ ސަބަބުން ޢާއްމު ވެގެންވާ، ކޯފާ އަންނައިރު ކުށްނުކުރާ މައުޞޫމް މީހުންވެސް އެކަމާ ކުރިމަތިލާން ޖެހިދާނެކަން ޤަބޫލު ކުރަންވާނެ އެވެ.

  7. ގަމާރު

    ލަންކާގެ ހަގުރާމަ ގުރޫޕަކުން ތިނެން ނޮވެމްބަރުގަ ދިވެހިރާންޖެ އަށް ދިންހަމަލާގައި ދިވެހިން ލަންކާ މީހުނަކަން ޖެންސުމެން ނުކުރޭ.އަދި ލަންކާމީހުނެން ދިވެހިރާންޖެ އިން ބޭރެންވެސް ނުކުރޭ.

    23
    1
  8. ލަންކާ

    ތިޔަ ފާޑަށްއުޅެންޔާ ރާއްޖޭގަ އުޅޭ ލަންކާ މީހުންވެސް ވަކި މަދެއް ނުވާނެ

  9. މަޒް

    ލަންކާއެއް ނޫން މައްސަލައަކީ. ހިގުރަ ކުރާއިރު އިސްލާމީ ގައުމެއް އިހްތިޔާރުކުރަން އޮންނަނީ އެހެންވެ.. އަވަހަށް ތި ތަނަކުން ފައިބައިގެން އާދޭ ރާއްޖެއަށް

  10. ދަތްދޫނި

    ރާއްޖޭގެ ރައްޔިތުން މިހާރު މިތިބީ ބޭރުގެ ހުރިހާ ޤައުމު ތަކުގައިވެސް ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްވެ ސިއްކަ ޖެހިފައި. ބޯންއުލޭ ބޮނޑި މިއޮތީ ބޮއިފައި.

    5
    1