އޮސްޓްރޭލިއާގެ އާއްމު އިންތިޚާބުގައި ހައިރާން ކުރަނިވި ނަތީޖާއެއް ނެރެ ލިބަރަލް ޕާޓީތައް ހިމެނޭ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

ކުރިން ލަފާ ކުރެވިފައި ނެތް ކާމިޔާބެއް ކޯލިޝަން ޕާޓީތަކުން ހޯދުމާއި ގުޅިގެން އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކުން އިންތިޚާބުގެ ނަތީޖާ ސިފަކޮށްފައި ވަނީ "މުއުޖިޒާތެއް ފަދަ ނަތީޖާއެއް" ގެ ގޮތުގައެވެ.

އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ކުރިން ބެލެވުނު އިދިކޮޅު ލޭބަ ޕާޓީ އިން މިހާރު ވަނީ އިންތިޚާބު ނާކާމިޔާބު ވެއްޖެކަން އިއުލާން ކޮށްފައެވެ. އެޕާޓީން ނާކާމިޔާބީ ގަބޫލު ކޮށްފައި ވީނަމަވެސް އަދިވެސް އެތައް މިލިއަން ވޯޓެއް ނުގުނާ އެބަހުއްޓެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ލިބަރަލް ނޭޝަނަލް ކޮންގްރެސް އިން ވަނީ 74 ގޮނޑި ކާމިޔާބު ކޮށްފައެވެ. 151 ގޮނޑި ހިމެނޭ ތިރިގޭގެ 65 ގޮނޑި ކާމިޔާބު ކުރީ ލޭބަ ޕާޓީންނެވެ. 12 ދާއިރާއެއްގެ ނަތީޖާ އަދި މުޅިން ސާފެއް ނުވެއެވެ. ތިރިގޭގެ އަޣުލަބިއްޔަތަކީ 76 ގޮނޑި އެވެ.

އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަންގެ އެންމެ މުހިއްމު ކެމްޕޭން ވައުދަކީ އިންކަމް ޓެކްސް މަދު ކުރުމެވެ. އެވައުދާއި އެކު އެކޯލިޝަނުން ވަނީ ބޮޑެތި ސިޓީތައް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ.

ނަމަވެސް ލިބަރަލް ކޯލިޝަންގެ އެންމެ މުހިއްމު އެއް މެންބަރު ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޓޮނީ އެބޮޓް އަށް ވަނީ އިންތިޚާބު ނާކާމިޔާބު ވެފައެވެ. އޭނާ ވަނީ 25 އަހަރު ވަންދެން މެންބަރު ކަން ކޮށްފައެވެ.

އޮސްޓްރޭލިއާގެ އާއްމު އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު 17 މިލިއަން މީހުންނަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    މިހާރުގެ ދުނިޔޭގެ ޙާލަތަށް ބަލައި އަޅުގަނޑު ވަރަށް އެނގެން ބޭނުންވާ މައުލޫމާތެއް މިކަހަލަ ޚަބަރެއް ކިޔާލާއިރު އިންތިޚާބު ކާމިޔާބުކުރި މީހުންނަކީ އަދި ނާާމިޔާބުވި މީހުންނަކީ ކޮންކަހަލަ ކައްޓެއްގެ ބައެއްކަން. ޔޫރަޕްގައި މިއަދު އިންތިޚާބުތަކަށް ނުކުންނަ އެއްބަޔަކީ އެމީހުންގެ ވަޠަނީ އަދި އެމީހުންގެ ދީނީ ހަރުކަށި ފިކުރުގެ މީހުން.. މައިގަނޑު ވައުދުތަކަކީ ހިޖުރަކުރާ މީހުންނާ ޚާއްސަކޮށް މުސްލިމުން އެ ގައުމުތަކަށް އެތެރެވިޔަ ނުދިނުމާއި އެގައުމުގެ މުސްލިމުންނަށް ކުރެވެން އޮތް ދުއްތުރާލެއް ކުރާނެ ކަމުގެ ވައުދު....