މުޅި ސަރަހައްދުގެ މަސްލަހަތު އީރާނުން ނަގާލަމުން ދާކަމަށާއި ފުރިހަމަ ބާރާއި އެކު އީރާން އާއި ކުރިމަތިލުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ ސައުދީން ވަރުގަދަ އިންޒާރެއް އީރާނަށް ދީފިއެވެ.

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަށް ކުރި ފޯން ކޯލަކަށް ފަހު ސައުދީގެ ހާރިޖީ ވަޒީރު އަބްދުލް އަލް ޖަބުރާއީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީރާންގެ ސަބަބުން މުޅި މެދުއިރުމަތި ދަނީ ބޮޑު ހަމަނުޖެހުމަކާއި ދިމާލަށް ކަމަށެވެ.

"ސައުދީ އޮތީ އީރާން އާއި ދެކޮޅަށް ހުރިހާ ބާރެއް ބޭނުން ކުރަން ތައްޔާރަށް. އީރާނުން ހަގުރާމައިގެ މަގު އިހުތިޔާރު ކޮށްފިނަމަ ކުރިމަތިލާން ފަސްނުޖެހޭނަން" ސައުދީގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސައުދީގެ ހާރިޖީ ވަޒީރު

މީގެ އިތުރުން ސައުދީން ބޭނުން ވަނީ އަބަދުވެސް ސަރަހައްދީ ހަމަޖެހުމަށް ކަމަށާއި އީރާންްގެ މައްސަލަ ގޯސްވުމުގެ ކުރިން ބޭރު ގައުމުތަކުން އީރާން އާއި ދެކޮޅަށް ތެދުވާން ޖެހޭކަމަށް ސައުދީގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އީރާނާ އެމެރިކާގެ މައްސަލަ ހޫނުވެފައިވާ އިރު، އެ ދެގައުމުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އެއާބޭސްއަށް ހަތިޔާރު އެޅި ޖެޓުތައް އެމެރިކާއިން ފޮނުވާފައިވާ އިރު، އީރާނަށް ބިރުދެއްކުމަށް، ގަލްފް ކަނޑަށް އެމެރިކާގެ އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއަރުވެސް ވަނީ ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާއަށް މިލިޓަރީ ގޮތުން ހަނގުރާމައެއް ފަށަން ނުކެރިގެން އުޅެނީ ކަމަށާއި، އެމެރިކާއިން މިހާރު ބޭނުން ވަނީ ސައިކޮލޮޖިކަލް ހަނގުރާމައަކަށް ދާން ކަމަށެވެ.

އީރާނުން ބުނީ މީގެ ކުރިން އެމެރިކާގެ އެއާކްރާފް ކެރިއާއެއް 40 ވަރަކަށް ޖެޓްގެ އިތުރުން 3000 ވަރަކަށް ސިފައިންނާއެކު ގަލްފް ސަރަހައްދުގައި އޮތުމަކީ ބިރެއް ނަމަވެސް، މިހާރު އެއީ ފުރުސަތެއް ކަމަށެވެ. އަދި މިހާރު އެއީ އީރާނުން ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، އެމެރިކާއިން ރަސްމީކޮށް ހަނގުރާމަ އިއުލާން ނުކޮށްގެން އުޅެނީ އެމެރިކާ ބަލިކަން އަމިއްލައަށް އިހުސާސް ކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަބްލާ

    ސަޢޫދީ ރައްޔިތުންގެ ވިސްނުން މިހާރު ހުރި ގޮތުން އީރާނުން ސަޢޫދީއަށް ހަމަލަ ދޭންފަށައިފިނަމަ ސަޢޫދީ ރަސްކަމާއި ދެކޮޅަށް ސަޢޫދީ ރައްޔިތުން ތެދުވާނެ ކަމަށް މެދުއިރު މަތި ދިރާސާ ކުރާ ހުޅަގުގެ މުފައްކިރުން ބުނެއެވެ.

    42
    1
    • ރައްޔިތުން

      ސައުދީގަ ކިންގުހެދިގެން އުޅެނީ މުޅިން ގޭންގު ސުޓާރުން. އެމީހުން މުސްލިމުންނާމެދު ވިސްނާ ނުބާ ވިސްނުންހުރީ ޔަހޫދީންގެ ނުބާ ވިސްނުމާ އެއްދަރަޖައެއްގަ.

      36
      1
  2. މުއާވިން

    އެމެރިކާގެ ޕަޕެޓެއް ކަލޭމެންނަކީ. ލަނދުގަނޭ ކަލޭމެންނާއި ހެދި.

    47
    1
  3. ބުރޯ

    ސައޫދީން އީރާނާ ދެކޮޅަށް ނިކުތުމަކީ ގޯހެއް.

    31
    2
  4. އަހުމަދު

    ސައުދީ ސަރުކާރަކީ އިޒްރޭލުގެ އެޖެންޓެއް......

    32
    1
  5. އަޒްލީމް

    އާނ..އިސްރާއީލުން ފަލަސްތީނު ރައްޔިތުން ކޮށާގެން ކެޔަސް ވަރިހަމަ.. އެކަމަކު އިރާނުން ވައިފޮދެއް ބޭރައްލިޔަސް ހަމަ ބޮންއަޅާތަޅާތިރިއަރުވާލަންޖެހޭ.. އެހެންނުން..

    19
  6. މުހައްމަދު

    ސައުދީއިން އިޒްރާއީލް އާދެކޮޅަށް ހުރިހާބާރެއް ބޭނުން ކުރީމަ މާތާހިރުވާނެ

    19
  7. މަހޭޝް

    ސަޢުދީ މަޑުން އޮވޭ