އިސްރާއީލުގައި ބޭއްވި " ޔޫރޯ ވިޝަން " މިއުޒިކް ފެސްޓިވަލްގައި އައިސްލޭންޑުން ފަލަސްތީނުގެ ދިދަ ވިހުރާލުމުން އެ މައްސަލަ މި މިއުސިކް ޝޯވ އިންތިޒާމު ކުރި ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ފަލަސްތީނުގެ އެތަށް ބަޔަކު ބޮއިކޯޓް ކުރުމަށް ގޮވާލަމުން ދަނިކޮށް އިސްރާއީލުގައި ބޭއްވި މި މިއުސިކް ޝޯވ ގައި އައިސްލޭންޑްއިން ބައިވެރިވި ޓީމުން ވަނީ މި މުބާރާތުގެ ނަތީޖާ އިއުލާން ކުރިވަގުތު ފަލަސްތީނުގެ ދިދަ ވިހުރުވާލާފައެވެ.

މި މައްސަލަ ހޫނުވެ މި ޝޯވ އިންތިޒާމު ކުރި ފަރާތްތަކުން ވަނީ އައިސްލޭންޑްގެ މި ޓީމަށް ޑިސިޕިލަނަރީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ޔޫރޯ ވިޝަން 2019 މިހާރު ނިމިފައިވާއިރު މި ޝޯވ ކާމިޔާބު ކުރީ ނެދަލޭންޑްސް އިންނެވެ.

އިސްރާއީލުން ޝޯއަށް ވަރަށް ބޮޑަށް ތައްޔާރަވަމުންދިޔަ ވަގުތުގައި ވެސް ޣައްޒާގެ 30 ވަރަކަށް ޖަމާއަތުން ވަނީ އެ ޝޯ ބޮއިކޮޓް ކުރަން ގޮވާލާފައެވެ. އަދި ހާއްސަކޮށް މިޝޯއަށް ތަރުހީބު ނުދިނުމަށާއި، އިސްރާއީލްގެ އަނިޔާވެރިކަން ފޮރުވަން ޝޯ ބާއްވާކަންވެސް އެ ޖަމާއަތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ބައެއް ޖަމާއަތްތަކުން ވަނީ ޝޯ ބާއްވާނަމަ ނުރައްކާވާނެ ކަމަށް ބުނެފައެވެ.

އިސްރީލުން މި ޝޯވ ބޭއްވުމުގެ ކުރިން އައްޒާ އަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީ ފަލަސްތީނުގެ ތުއްތު ދެ ކުދިން ހިމެނޭ ގޮތަށް 27 މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ބައެއް ސީޔާސީ ލީޑަރުން ވަނީ އިސްރާއީލުން އައްޒާ އަށް ހަމަލާދިނުން ހުއްޓާލީ ޔޫރޯވިޝަން ޝޯވ ބާއްވަން ވަގުތީ ގޮތުން ކަމަށް މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު