ރަމަޟާން މަހަކީ ސަދަގާތުގެ މައްސަރެވެ. ވަކި ގައުމެއް، ވަކި ނަސްލެއް ބެލުމެއް ނެތި، ހޭދަކުރުމަކީ މިމަހުގެ ކަންއޮންނަން ވާނެގޮތެވެ. އަހަރެމެންގެ މުޖުތަމައު ތެރެއިން މަދުން ނަމަވެސް ފެންނަ ގޯސް އާދައެއް އެބައޮތެވެ. މަސައްކަތް ކުރަން ދުރު ގައުމުތަކުން އާއިލާއާ ދުރަށް އައިސް އުޅޭ، ނިކަމެތި މަސައްކަތު މީހާއަށް އަޅާނުލާ، މުސާރަ ނުދީ ރޯދައަށް ހާއްސަކޮށް ލުއިކަމެއްވެސް ނުދީ އޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ޑުބާއީގެ ޖަމިއްޔާއެއް ކަމަށްވާ ޔަސްތަހަލޫންއިން ރޯދަމަހު ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ކަމަކީ އެގައުމުގައި ދިރިއުޅޭ ގައުމުން ބޭރު މަސައްކަތު މީހުންނަށް ހާއްސަކޮށް ރޯދަވީއްލުން ބެހުމެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ އެކިއެކި ހިސާބުތަކުގެ މީހުންނާ ގުޅިގެން ރޯދަ ވީއްލުން ބެހުމަށް ތައްޔާރު ކޮށްފައިވާނެ ކަމަށާއި، އިއްޔެ އެކަނިވެސް 3،30،000 މީހުންނަށް ރޯދަ ވިއްލުން ދީފައިވާ ކަމަށެވެ.

ޔަސްތަހަލޫންއިން ބުނެފައި ވަނީ ރޯދައަކީ އެންމެ ދަތިހާލުގައި އުޅޭ މީހުންނަށްވެސް އަޅާލަން ޖެހޭ މަސް ކަމަށާއި، އުންމީދަކީ ރޯދަ ނޫނަސް އެހެން ގައުމުތަކުން އަންނަ މީހުންނަށް އަޅާލާ، އެހީތެރިވުން އިތުރު ކުރުން ކަމަށެވެ. އަދި ރޯދަ މަހުކުރާ އެ ކަންކަން އެފަދަ އާދަތައް ހިފެހެއްޓޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    4 މިލިއަނައް ވުރެ ގިނަ މުސްލިމް ރެފިއުޖީން އެބައުޅެއެވެ. ކާން ހަމަ އށް ނުލިބެއެވެ. ގެދޮރު ގެއްލިފައެވެ.