ރޭޕް ކުރިކަމަށް ތުހުމަތުކޮށް އިންޑިއާގެ އަންހެނުން ތަކެއްވެގެން ވެރިރަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީން މުއްސަދި ވިޔަފާރިވެރިއަކު ވަގަށް ނަގައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އުމުރުން 64 އަހަރުގެ މި ވިޔަފާރިވެރިޔާ ވަގަށް ނަގާފައިވަނީ ވިޔަފާރި ދަތުރެއްގައި ވެރިރަށް ނިއުދިއްލީއަށް މިދިޔަ ހުކުރު ދުވަހު ދިއުމުންނެވެ.

ދިއްލީގެ ފުލުހުން މިހާރު ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައިގެން އޭނާ ސަލާމަތް ކޮށްފައެވެ. އިންޑިއާގެ ފުލުހުނަށް ވަނީ ދިއްލީގެ ހޮޓަލަކުން މި ވިޔަފާރިވެރިޔާ ތިން ދެ އަންހެނަކާއި އެކު ކާރެއްގައި ނިކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ލިބިފައެވެ.

ވިޔަފާރިވެރިޔާ ވަގަށް ނެގި އަންހެނުންނަށް ވަނީ އެތަށް ފަހަރަކު އޭނާގެ ކުންފުނިންޏަށް ގުޅާ އޭނާ މިނިވަންވުމަށް ބޭނުންނަމަ ތިން މިލިއަން ރުޕީސް ދިނުމަށް އެދިފައެވެ.

ނަމަވެސް މާގިނަ އިރުތަކެއް ނުވެ އިންޑިއާގެ ފުލުހުން ވަނީ މި މީހާ ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ނަންބަރު ޕްލޭޓްގެ އެހީގައި އެމީހުން ހޯދާ ވިޔަފާރިވެރިޔާ ސަލާމަތް ކޮށްފައެވެ.

އިންޑިއާގެ ފުލުހުން ވަނީ ވިޔަފާރިވެރިޔާ ވަގަށް ނެގުމުގައި ބައިވެރިވި ހަތަރު އަންހެނުންނާއި ފިރިހެނެއް ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި ހަތަރު އަންހެނުން ވެސް ވަނީ ރޭޕްގެ ތުހުމަތު ވިޔަފާރިވެރިޔާގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރެއެވެ.

އޭނާ އިތުރަށް ބުނީ ދިއްލީ އަށް އޭނާ އައީ ދެ އަންހެނަކު އޭނާ އައުމަށް ދައުވަތު ދިނުމުން ކަމަށެވެ.

އިންޑިއާގެ ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ. އިންޑިއާ އަކީ ރޭޕް ކުރުން ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ އެއް ގައުމެވެ.