އިސްްރާއީލުގައި ހަނދަމުން ދިޔަ އިމާރާތެއްގައި ހުފި ކެރޭނެއް ފުރޮޅާލައި ހިންގި ހާދިސާއެއްގައި އިސްރާއީލުގެ 4 މީހުން މަރުވެއްޖެއެވެ.

އިސްރާއީލުގެ ނޫހަކުން ރިޕޯޓު ކުރިގޮތުގައި މިހާދިސާގައި މަރުވި ހަތަރު މީހުންނަކީ ވެސް އިމާރާތުގައި މަސައްކަތްކުރާ މީހުންނެވެ.

އިސްރާއީލުގައި މިއަހަރު އެކަނިވެސް އިމާރާތްކުރުމުގެ މަސައްކަތްކަތުގައި ދިމާވި ހާދިސާތަކުގައި 19 މީހުން މަފުވެފައިވެއެވެ. އިސްރާއީލުގެ ފުލުހުން މިހާރު ވަނީ މި ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައެވެ.

ކެރޭނެއް ވެއްޓި އިސްރާއީލުގެ ހަތަރު މީހުން މަރުވެފައިމިވަނީ އިސްރާއީލަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާލި ކަމަށް ބުނެ އިސްރާއީލުން ބަދަލުގައި ޣައްޒާގެ މީހުން ދިރިއުޅޭ 200 އެއްހައި ސަރަޙައްދަށް ހަމަލާތަކެއް ދީ ފަލަސްތީނުގެ 27 މީހުން ޝަހީދު ކޮށްލާފައިވަނިކޮށެވެ.

މީގެ އިތުރުން އިސްރާޢީލާއި ފަލަސްތީނާއި ދެމެދުގައި މިދިޔަ ހުކުރު ދުވަހު ވަނީ ކުރިމަތި ލުމެއް ހިނގާފައެވެ. އެއީ ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. އެ މުޒަހަރާގައި ގިނަ ބަޔަކު ގަޔަށް ބަޑި ޖަހާ ވަނީ ޒަޚަމްކޮށްލާފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަޑްރާ ވިދާޅުވީ މުޒާހަރާގައި ޒަހަމު ކޮށްލި 65 މީހުންގެ ތެރޭގައި 22 ކުޑަކުދިނާއި 5 އަންހެނުން ހިމެނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަލްހަމްދު ﷲ
    މި އަނިޔާވެރިން ފަލަސްތީނާ އެއްކޮޅަށް އަޑު ނުއުފުލާ އިޒުރޭލުގެ އަނިޔާވެރިކަން ވަރިހަމަވެތިބެ ނިމިގެން ދިޔައީ.

    13
  2. ގައްޒާ

    ތިވާނީ ފަލަސްތީނު ކުރޭނެކަށް