ސައުދީ އަރަބިއްޔާގެ މައްކާއާއި ޖިއްދާއަށް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފިއެވެ.

ހޫތީގެ ދެ ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ސައުދި އަރަބިއްޔާގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވާ އިރު، މަންޒަރު ދުތް ފަރާތްތަކުން ބުނެފައި ވަނީ އެކަތީގެ އަމާޒު ހުރީ މައްކާއަށް ކަމަށެވެ. އަދި އަނެކަތީގެ އަމާޒުހުރީ ޖިއްދާއަށް ކަމަށެވެ. އެ މިސައިލްތައް ގޮއްވާލާފައި ވަނީ ތޯއިފާ ދިމާއިންނެވެ.

އެ މިސައިލްތަށް ސައިދީގެ އެއާ ޑިފެންސް ސިސްޓަމްތަކުން ނައްތާލާފައިވާ އިރު، އެކަމާ ގުޅިގެން ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ބެލެވެއެވެ. އެ ހަމަލާއާ ގުޅިގެން ޔަމަނުން ބުނެފައި ވަނީ ހޫތީން ދޭން މަސައްކަތްކުރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެއީ ނިރުބަވެރި ހަމަލާއެއް ކަމަށެވެ.

މީގެ ކުރިންވެސް ސައުދީއާއި ޑުބާއީއަށް އިރާންގެ ހޫތީންގެ ހަމަލާތައް އަމާޒުކުރާނެ ކަމަށް އިންޒާރު ދީފައިވެއެވެ. އަދި ސައުދީގެ ރިޔާދާއި އަބޫދާބީ އެއާޕޯޓަށްވެސް މީގެ ކުރުން ވަނީ މިސައިލް ހަމަލާތައް ފޮނުވާލާފައެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ.

މި ދުވަސްވަރަކީ ރަމަޟާން މަހުގެ ފަހު ދިހައަކާ ދިމާކޮށް، ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު އުމްރާއަށް ގޮސް އުޅެމުންދާ ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު