ސުންނާފަތިވެފައިވާ އިރާގުން އިންސާނީ ކަށްވަޅުތަކެއް އދގެ ޓީމަކުން ހޯދައިފިއެވެ.

އޭއެފްޕީ އިން ރިޕޯޓް ކުރާގޮތުގައި އދ ތަހުގީގު ޓީމަކަށް އިރާގުން 12 އިންސާނީ ކައްވަޅު ފެނިފައިވާކަން މިއަދު އދ ގެ އިންސަނީ ހައްގުތަކަށް މައްސަކަތް ކުރާ ޖަމާއަތުން ނެރުނު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައިކަމަށެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ މި ކައްވަޅުތަކުގައި މަރާލެވިފައިވަނީ 2014 އަދި 2016 ވަނަ އަހަރު އައިއެސް ޖަމާއަތުން ހިންގާފައިވާ ގަތުލު އާންމުގައި މަރާލެވުނު އާންމުން ކަމަށް ބެލެވޭކަމަށެވެ.

އދ އިން އިރާގަށް ތަހުގީގު ޓީމެއް ފޮނުވީ 2017 ވަނަ އަހަރުއެވެ.

ހައްދު ފަހަނަ އެޅި ހަގުރާމަވެރި ޖަމާއަތް އައިއެސް އިން އިރާގްގެ ބޮޑު ބައެއް ހިފަން ފެށީ 2014 ވަނަ އަހަރުގައެވެ. އެގޮތުން އޭގެ ފަހުން އެޤައުމުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އައީވެސް އެޖަމާއަތުނެވެ. އައިއެސްގެ ކިބައިން އިރާގު މިނިވަންވީ މިދިޔަ އަހަރުއެވެ. އައިއެސް އިން އިރާގުގައި ހިންގި ގަތުލު އާންމުގައި އެތަަށް ހާސްބަޔަކު ވަނީ މަރާލާފައެވެ.

އައިއެސްގެ ކިބައިން އިރާގު މިނިވަންވެފައިވާކަން އިއުލާން ކޮށްފައިވަނީ، އެޖަމާއަތުގެ ބާރުގެ ދަށުގައިވާ، ރަވާ ޓައުން މިނިވަން ކުރުމަށް ފަހުގައި އެވެ. އެ އަވަށަކީ އެންމެ ފަހުން އައިއެސްއިން ކޮންޓްރޯލް ކުރަމުން އައި އަވަށެވެ.

އައިއެސްބަލި ކުރެވިފައިވާކަން އިއުލާންކުރި ނަމަވެސްއިރާގުގައި އައިއެސް ގެ ބާރު މުޅިން ކެނޑިގެން ގޮސްފައި ނުވާކަމަށް މެދުއިރުމަތި ދިރސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އިރާގުގެ މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ނަގާ ނެކަމަށް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ހަލާކުވެފައިވާ މަގުތަކާއި ބްރިޖްތަށް މަރާމާތުކޮށް، އިގްތިސާދީ ގޮތުން އެ ސިޓީ ކޮޅަށްޖެހުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަ ކުރަން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.