އެމެރިކާގެ އަސްކަރީ ޖެޓެއް ވެއްޓިއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި ބޯޓް ވެއްޓުނީ އެމެރިކާގެ ކޮރެލިނާގެ އަސްކަރީ މަރުކަޒެއް ކައިރިއަށެވެ.

މަންޒަަރު ދުއްފަރާތްތަކުން ބުނިގޮތުގައި މި ބޯޓް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ކާމިޔާބު ކަމާއެކު ބޯޓުން އިޖެކްޓް ވެފައެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.

ފާއިތުވި މަސްތަކުގައި އިރުމަތީ އޭޝިއާ ސަރަހައްދުން ދަތުރު ކުރި އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ތަފާތު މައްސަލަތައް ކުރިމަތިވެ އެކްސިޑެންޓްތައް ހިނަގާފައިވެ އެވެ. މިފަދަ އެކްސިޓެއްގައި މިދިޔަ އަހަރު އޮގަސްޓް މަހުވެސް 10 މީހުން މަރުވެފައިވެ އެވެ.

އަދި މިދިޔަ އަހަރު ވައިގެ ތެރޭގައި ރިފިއުލް ކުރަނިކޮށް އެމެރިކާގެ 2 އަސްކަރީ މަތިންދާބޯޓު ޖަޕާނުގެ އައްސޭރިފަށަށް ވަނީ ވެއްޓިފައެވެ.

އަދި މިދިޔަ ޖުލައި މަހުވެސް ޔޫއެސްއެސް ފިޓްޒްގެރަލްޑް ކިޔާ އުޅަނދެއް ޖަޕާނުގެ ބަނދަރެއްގައި އޮތް ކާގޯ ބޯޓެއްގައި ޖެހިގެން ހިނގި އެކްސިޓެންގައިވެސް ހަތް މީހުން މަރުވި އެވެ. އަދި މެއި މަހު ދެކުނު ކޮރެއާގެ މަސްބޯޓަކާއި އެމެރިކާގެ އަސްކަރީ އުޅަނދެއް ޖެހިގެންވެސް އެކްސިޓެންޓެއް ހިނގާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރަފި ބުއްދި

    އީރާނު މީހުން ރުގުޔާއެއް ކިޔަވާފަ ފުމެލީކަމަށް ވާނީ

    4
    1
  2. އެމެކަންމުސްލިމް

    الحمد لله ،

    14
    1
  3. ޣާދިރު

    الحمدﷲ..

    2
    1