ސައިދީ އަރަަބިއްޔާގެ މިލިޓަރީ އެއާޕޯޓަކަށް، ޔަމަންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީންގެ ޑްރޯން ހަމަލާއެއް ދީފިއެވެ.

ހޫތޫންއަކީ ޔަމަނުގައި ހަރަކާތްތެރިވާ ޝިއައީ ޖަމާއަތެކެވެ. އެ ޖަމާއަތުން ވަނީ އިއްޔެ މައްކާއާއި، ސައުދީގެ މައި އެއާޕޯޓް ޖިއްދާއަށްވެސް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައެވެ. އަދި އޭގެ ކުރިންވެސް ސައުދީގެ ތެޔޮ ވަޅުތަކަކަށްވެސް ހަމަލާދޭން ހޫތީން ވަނީ ރާވާފައެވެ.

ހޫތީން ބުނެފައި ވަނީ ސައުދީގެ ނަޖްރަން އެއާޕޯޓަށް ދީފައިވާ ހަމަލައަކީ ޑްރޯންއެއްގައި ބޮމެއް ހަރުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. ވެރި ރަށް ރިޔާދާ 840 ކިލޯމީޓަރު ދުރުން އޮންނަ ނަޖްރަން އެއާޕޯޓަކީ މިލިޓަރީ ބޭނުން ތަކަށް ބޭނުންކުރާ އެއާޕޯޓަކެވެ. އެއީ ސައުދީއާއި ޔަމަނުގެ ބޯޑަރު ސަރަހައްދުގައި ހިމެނޭ އެއާޕޯޓަކަށްވާ އިރު، އެ ސަރަހައްދުގެ ތަންތަނަށް ހޫތީން ވަނީ މީގެ ކުރިންވެސް ހަމަލާދޭން މަސައްކަތް ކޮށްފައެވެ.

ސައުދީން ބުނެފައި ވަނީ އާންމުންނަށް ގެއްލުންވާ ގޮތަށް ހޫތީން ވަނީ ނަޖްރަންއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެއީ އަޑީގައި އެހެން ގައުމުތަކެއްވެސް ތިބެގެން ރޭވި ރޭވުމެއް ކަމަށްވެސް ސައުދީން ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސައުދީގެ ނަޖްރަން އެއާޕޯޓަކީ އެމެރިކާގެ ސިފައިން ކޮންމެވެސް ވަރަކަށް މީގެ ކުރިން ހަރަކާތްތެރިވެފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަމްރީކީ

    އދ އިން މިދެބައި މީހުން ޓެރަރިސްޓުންކަމަށް ކަނޑަނާޅާނެއެވެ. އަދި ސައުދީގެ ރަސްކަން ދިފާއުކުރުމަށް އެމެރިކާއިން ވެވެން އޮތް ހުރިހާ ބާރެއް ފޯރުކޮށްދޭނެވެ. ދެކިބަލާށެވެ އިސްލާމީ ގައުމުތައް ޒާމާނުއްސުރެ ސުންނާފަތި ކުރަމުން އެދަނީ ކޮންބައެއްކަން ސައުދު އެރެބިއްޔާގެ ވެރިންނަށް ނުދަންނަނީ ނޫނެވެ! އަދި މުސްލިމުންގެ އިއްޒަތް ނިގުޅައިގަނެ ބިކަހާލުގައި ޖައްސާ ނިކަމެތި ކޮށްފައިވާތަން ނުދެކި އެމެރިކާ އަކީ އެންމެ އެކުވެރި ގާތް ގައުމުކަމަށް ހެދީ ސަބަބެއް ނެތި ނޫނެވެ. އިންސާފުވެރި ހައްގު ބަސްބުނި މީހުން ޖަލަށް ދާން ޖެހެއެވެ. އަނިޔާވެރި ފިރްއައުންގެ އާރާއި ބާރު ވެސް ކެނޑުނެވެ. ދެން އަނީޔާވެރިކަން ނިމި އިއްޒަތް ލިބުން އޮތީ މަހުދީ ފާޅުކުރެއްވުމެވެ.

  2. ބަފާ

    މަޑުމަޑުން ސައޫދީ ފުޑާލާފަ ދެން ޔޫއޭއީ. އެއިރުންތާ އިޒްރާއީލަށްވުރެ ދަށުގަ ހުރިހާ އަރަބިން ޓިބޭނީ!

  3. ޒާ

    އަޑިއެއް މައްޗެއް ކިޔާނެ ކަމެއްނެތް. ސައުދީން ޔަމުނުގައި ހިންޖާ ލާއިންސާނީ ހަނގުރާމަ ހުއްޓާލަން ގޮވާލަން.

  4. އަލީ

    ސައޫދީ ޔޫއޭއީ މިސްރު ބަހްރައިން ފަދަ ގައުމުތަކުގެ ވެރިކަން ބަދަލުވެގެން ނޫނީ މިއުއްމަތް ހެޔޮފާލަކަށް އެޅުވޭކަށް ނެތް.

  5. އޯކޭ

    ގުޑް