މާތްވެގެންވާ ބިން މައްކާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހަރަމްފުޅު މި ބިންމަތީގައި ހުރި އެންމެ މުގައްދަސް އަދި އެންމެ ޒަމާންވީ ބިނާގެ ވަށައިގެންވާ ސަރަހައްދަަށް އުފާވެރިކަން ގެނުވައިފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކަށް ބަލާއިރު ހަރަމްފުޅުތެރެއަށް ހުއްޓުމެއް ނެތި ބޯ ވާރޭ ވެހޭ މަންޒަރު ފެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މި ރަމަޝާން މަހު ސަވާބާއި ދަރުމަ ހޯދުމަަށް އެތަށް ހާސްބަޔަކު ވަނީ ހަރަމްފުޅަށް ޖަމާވެފައެވެ.

https://m.youtube.com/watch?v=k2WpR_L8gGQ

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ވިއްސާރައާއި ފެންބޮޑުވުމުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަށް އެޅުމަށް ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޯ ވިއްސާރައާއި އެކު މަސްޖިދުލް ހަރަމަށް އުފާވެރިކަން

    31