އިންޑިއާއިން މިދިޔަ ފެބްރުއާއި މަހު އެގައުމުގެ އަމިއްލަ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލިކަން ޔަގީން ވެއްޖެ ކަމަށް އިންޑިއާގެ ހަބަރު ފަތިރާ ޓީވީ ޗެނެލް އަކުން ކަށަވަރު ކޮށްދީފިއެވެ.

އިންޑިއާގެ މަޝްހޫރު ހަބަރު ފަތުރާ އެންޑީޓީވީން ރިޕޯޓް ކުރާ ގޮތުގައި މިދިޔަ ޕެބްރުއަރީ މަހު އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދުގައި ހިންގި ކުރިމަތިލުން ތަކުގައި ޖައްމު އަދި ކަޝްމީރު ހިމެނޭ ސަރަހައްދަށް ވެއްޓުނު އަސްކަރީ ހެލިކޮޕްޓަރު ވެއްޓުނީ ޝްރީ ނަގަރުގައި ގާއިމުވެ ތިބި އިންޑިއާގެ އަސްކަރީ ފައުޖަކުން ދިން ހަމަލާއެއްގައި ކަމަށެވެ.

އެންޑީޓީވީން އިތުރަށް ބުނީ ހެލޮކޮޕްޓަރު ވެއްޓާލީ އެ ހެލިކޮޕްޓަރު ވަރަށް ތިރި ދަތުކޮށްގައި ދާތީ އިންޑިއާގެ ސިފައިން ވެސް ހައި އެލާޓްގައި ތިބި ވަގުތަކަށް ވެފައި އޮޅިގެން ދެވުނު ހަމަލާއެއްގައި ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވީ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލުމާ ގުޅިގެންނެވެ. އިންޑިޔާއިން ތަކުރާރުކޮށް މިއީ ޕާކިސްތާނުގެ މޭސްތިރި ކަމުގެ ދަށުގައި ކުރެވުނު ކަމެއް ކަމަށް އިންޑީޔާއިން ބުނަމުން ދިޔަ ނަމަވެސް، މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

އެހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ވެސް ހަމަލާތަކެއް ބަދަލު ކޮށްފައިވެއެވެ.

އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްނާނަށް ހަމަލާދިން އިރު ޕާކިސްތާނުން ބުނީ އިންޑިއާ އިން ޕާކިސްތާންގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައި ވަނީ ނިރުބުވެރިންގެ އަމާޒުތަކަށް ކަމަށް ބުނެކަމަށާއި ނަމަވެސް ނިރުބުވެރިންނަށް ހަމަލާ ދޭކަމަށް ބުނާއިރު ހަމަލާ ދިން ސަރަހައްދުތަކުގައި ތިބީ ނިރުބުވެރިން ކަން ސާބިތުކުރެވޭނެ ހެއްކެތް އިންޑިއާ އިން ދައްކާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރަނގަޅަށް ވީޔާ ތި ޕެރެމިލިޓަރީ ގުރޫޕުވެސް މަރާލެވިފަވާނީ އިންޑިޔާގެ މީހުނަށް އޮޅިގެން..

    19
    2
  2. ސަމްޕާ

    ޕަކާސް.. ބަޖާޖުލޭންޑައްވާނީ ތިވަރު..

    15
    2
  3. ހަސަންކޮ

    ތިކަހަލަ ކިތަންމެ ބޮޑިއެއް ބޯނެ...!! ނަސީބެއްނުން ގެރިއަކަށް ހަމަލަ ނުދެވުނު ކަން..!!

    10
    1
  4. އަޙްމަދް

    އިންޑިއާ އަކީ ބޯޓުފަހަރު ވެއްޓުމާއި ވައްޓާލުމުއި ގެރިއަށް އަޅުކަން ކުރުމާއި އިންސާނެއް ޖަނަވާރެއް ނުބަލާ ރޭޕް ކުރުމުގެވެސް ދުނިޔޭގެ ރެކޯޑް އޮއްނަ ދިވެހިރާއްޖޭގެ އެއްމެ ގާތް އެކުވެރިޔާ ޔޯ!؟

    13
  5. ކިމް

    ތިވާނީ ވިލާ ތަކު ތެރޭ ފިލާ އޮއްވާ މޮދީ ބުނިހެން ރާޑަރައް ނޭރީ. ދެން ފަހަރަކުން މޮދީގެ އައިނު އަޅާފަ ރާޑާރައް ބަލާތި. ހީހީ ހަލާކު.