ސައުދީ އަރަބިޔާގެ މަޝްހޫރު ތިން އިލްމުވެރިޔަކަށް މަރުގެ އަދަބު ދޭން އެގައުމުން ތައްޔާރުވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އެ ތިން އިލްމުވެރިންނަކީ ޝެއިހް ސަލްމާން އަލް އަވްދާ، އަވާދު އަލް ގްރްނީ އަދި އަލީ އަލް އޮމާރީއެވެ. މެދުއިރުމަތީގެ ހަބަރުތައް ދިރާސާ ކުރާ ނޫހެއް ކަމަށްވާ މިޑިލްއީސްޓް އައިއިން ބުނެފައި ވަނީ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަދި ނުއިއްވާ އޮތް ނަމަވެސް، ނިރުބަވެރި ކަމުގެ ދައުވާކޮށް، ރޯދައިގެ ފަހުން އެ ތިން އިލްމުވެރިންވެސް މަރަން ތައްޔާރުވާ ކަމަށެވެ.

އެ ނޫހުން ވާހަކަތައް ރިޕޯޓް ކޮށްފައި ވަނީ ސަރުކާރުގެ އިސް ދެ އޮފިޝަލަކާއި، އިލްމުވެރިންގެ އާއިލާތަކުގެ ވާހައަކަށް ހަވާލާދީފައެވެ.

އެ ތިން އިލްމުވެރިންނަކީވެސް ސައުދީ ސަރުކާރަށް އެކިއެކި ގޮތްގޮތުން ފާޑުކިޔާ ފަރާތްތައް ކަމަށް މީޑިއާތަކުން ބުނެއެވެ. އަލް ގްރަނީއަކީ އދ އިންވެސް ތައުރީފް ކޮށްފައިވާ "ރިފޯމިސްޓް"އެކެވެ. އަދި އަލް އަހުމަދު ވަނީ އެމެރިކާގެ ފަރާތްތަކާއެކުވެސް ގާތް ގުޅުންތަކެއްވެސް ބާއްވާފައެވެ. އޭނާ ވޮޝިންޓަންގައި ހުރެ ދީފައިވާ އިންޓައވިއުގައި ބުނެފައި ވަނީ، "ސައުދީގެ ކޯޓުތަކަކީ ކެންގަރޫ ކޯޓުތަކެއް ކަމަށެވެ."

އަލް އަހުމަދަކީ އަބަދުވެސް ސައުދީ ސަރުކާރުގެ ގިނަ ކަންތައްތަކަކަށް ފާޑު ކިޔަމުންދާވެސް ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެހެންތަ. ހަޖަމުގެ ބައި ދަށީދޯ

    8
    2
  2. ރަޒީން

    އާލު ސޫދުންތަކުގެ ސިފަ އެބަފެނޭތޯ..؟

  3. ވަޓް އިޒް ދިސް؟

    ސަރުކާރާ ދެކޮޅު ވާއިރަށް މަރަންޖެހޭތަ؟
    މިއީ ހައްޤު ޝަޒާއެއް ނޫންނަމަ ޝެއިޚުންނަށް ސާބިތުކަން ދެއްވާށި!
    އާމީން!

    23
    2
    • ބަސް

      "ޝަޒާ" އެއް ނޫން. ރަނގަޅު ގޮތަކީ "ސަޒާ".
      ޝަޒާ = މީރުވަސް
      ސަޒާ = އަދަބު

      9
      2
  4. ބުރޯ

    ހަމަ ދީނީ ވިޔަސް ތިޔައީ ހަމަ ފަސާދަ ގުރްއާނުގައި މިފަދަ މީހުންގެ އުގޫބާތަކީ ހަމަ މަރު

    3
    5
  5. Anonymous

    އަހަންނައް އެނގިފައި ވާގޮތުގައި އޭގެން އެއްބަޔަކީ ޚަވާރިޖީ ފިކުރުގެ މީހުން.