އިސްރާއިލްގެ ޓެލް އަވިވްގެ އިރު ދެކުނު ފަޅީގައި އޮންނަ ސިޓީއެއް ކަމަށްވާ ލޮޑް ސިޓީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުން ނަމާދުކުރަންދާ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑާލުމަށް އިސްރާއިލް ޑިފެންސް ފޯސް (އައިޑީއެފް) އިން މިސްކިތްތަކަށް އަންގައިފިއެވެ.

ބަރަކާތްތެރި ރަމަޟާން މަކާއި ދިމާކޮށް އިސްރާއިލް ޔަހޫދީންގެ އަނިޔާވެރިކަން ކޮންމެ އަހަރެއްގައިވެސް އިންތިހާއަށް ބޮޑުވެގެންދާއިރު، މި ރަމަޟާން މަހާއި ދިމާކޮށް ވެސް މުސްލިމުންނަށް ދުއްތުރާ ކުރުމުގެ މަސައްކަތް އިސްރާއިލް އިން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ލޮޑް ސިޓީގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑާލުމަށް އެ ސިޓީގެ މިސްކިތްތަކަށް އަންގާފައި ވަނީ ސިޓީގައި ދިރިއުޅޭ ޔަހޫދީން ޝަކުވާ ހުށަހަޅާތީ ކަމަށް ބުނެއެވެ. މި އެންގުމާއި ގުޅިގެން އެ ސިޓީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ މުސްލިމުން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން މަގުތަކަށް އެއްވެފައެވެ.

ލޮޑް ސިޓިގައި އުޅޭ މުސްލިމުން މިކަމާއި ގުޅިގެން ބޭއްވި އެއްވުމެއްގައި ބުނެފައިވަނީ، މުސްލިމުންނާއި އޮތް ދެކޮޅުވެރިކަމެއްގެ ތެރެއިން، މުސްލިމުންގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑާލައި އިސްލާމް ދީނުގެ ކަންކަމަށް ހުރަސް އެޅުމުގެ އެއްވެސް ހައްޤެއް ޔަހޫދީންނަށް ނޯންނާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް އެންގުމަކާއި އެއްގޮތަށް ޢަމަލު ނުކުރާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިސްރާއިލް އިން ވަނީ މި ފެށުނު ރޯދަމަހާއި ދިމާކޮށް ފަލަސްތީނުގެ ނިކަމެތި މުސްލިމް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ މަގުން ހަމަލާދީ ޔަހޫދީންގެ އަނިޔާވެރިކަން މީގެ ދެވަރަކަށް ހަފްތާ ކުރިންވެސް ދައްކާލާފައެވެ. މިގޮތުން ފަލަސްތީނުގެ ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 25 މީހަކު ޝަހީދުކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ބަޔަކު ކިތައްމެ ނުރުހުނަސް މާތްﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަ ކުރައްވާނެއެވެ. މާޒީގައިވެސް ގައުމުތަކުގައި މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ.

    13
    1