ނިއު ކެލެޑޯނިއާ ކައިރީގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ލޯޔަލްޓީ އައިލޭންޑްސް ހިމެނޭ ސަރަޙައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ލޯޔަލްޓީ އައިލޭންޑްސްގެ އިރު ދެކުނު ފަޅިން ކަނޑުގެ ސަރަޙައްދަކަށް ރެކްޓަރ މިންގަނޑުން 5.5 ގެ ބާރުމިނުގައެވެ.

މިރޭ 8:00 ހާއިރު މި ބިންހެލުން އައިސްފައިވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން ކަމަށް ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރ އިން ބުނެއެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއްގެ އިންޒާރު ނެރެފައި ނުވެއެވެ.

ލޯޔަލްޓީ އައިލޭންޑްސް ސަރަޙައްދަށް މިރޭ ބިންހެލުމެއް އައިއިރު، މިއަދު ހަވީރުގެ ވަގުތެއްގައި އެ ސަރަޙައްދުގައި އޮންނަ ޕަޕުއަ ނިއު ގިނީއަށްވެސް ރެކްޓަރ މިންގަނޑުން 5.2 ގޭ ބާރުމިނުގައި ބިންހެލުމެއް އައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ސަރަޙައްދުގެ އެކި ހިސާބުތަކަށް ބާރުގަދަ ލޮޅުންތަކާއި ބިންހެލުންތައް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު