އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެގައުމުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރުމުން ދިވެހިރާއްޖެ އާއި އިސްރާއީލްގެ ވެރިންނަށް "ވަރަށް ހާއްސަ އުފަލެއް ލިބިއްޖެއެވެ."

މޯދީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ލަފާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވޯޓް ގުނަން ނުފަށަނީސް މޯދީ އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއަދު ހެނދުނު ވޯޓް ގުނަން ފެށިތަނުން ނަޝީދު ވަނީ އެމަނިކުފާނުގެ މަރުޙަބާ ތަކުރާރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވަނީ މޯދީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޓްވިޓާ މެދުވެރިކުރައްވާ މޯދީ އަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ޞަލިހާއި ނަޝީދުގެ ޓްވީޓްތަކަށް މޯދީ ވަނީ ޖަވާބު ދެއްވާފައެވެ. މޯދީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯދީ އިންތިޚާބު ކާމިޔާބު ކުރެއްވުމުުން އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ މޯދީ އަށް މަރުޙަބާ ކިޔާފައި ވަނީ "އަހަރެންގެ ގާތް ރަހުމަތްތެރިޔާ" ކަމަށް ބުނެއެވެ.

މޯދީ އިންތިޚާބު ކާމިޔާބު ކުރުމުން ދިވެހި ސަރުކާރަށް ވަރަށް ހާއްސަ އުފަލެއް ލިބިފައި ވާއިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ހުރިހާ ކަމެއް ނިންމަނީ އިންޑިއާ އިން ބޭނުންވާ ގޮތައް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ކަމަށް ބުނާ ދެހެލިކޮޕްޓަރު ބަލަހައްޓަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު މިހާރު ވަނީ 50 ފަހަނައަޅައި ގޮސްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޑިއާ އިން ރާއްޖެ އަށް "ހަދިޔާ ކުރާ" ޑޯނިއާ ފްލައިޓެއް ބަލަހައްޓަން ވެސް އިންޑިއާގެ އިތުރު ސިފައިން ރާއްޖެ އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެ އިތުުރުން ސިފައިންގެ ހޮސްޕިޓަލް ތަރައްޤީ ކުރަން އިންޑިއާގެ އެހީތެރިކަން ހޯދަން ވެސް ރާއްޖެ އިން މިހާރު ވަނީ ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އިންޑިއާގެ 5000 ސިފައިން ތިބޭނެއެވެ.

ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އިންޑިއާ އިން 21 ބިލިއަން ރުފިޔާގެ ލޯނެއް ހޯއްދަވާފައެވެ. އެލޯނު ރާއްޖެ އަށް ދިނީ އިންޑިއާ އިން ބޭނުންވާ ގޮތައް ރާއްޖޭގެ އަސްކަރީ ސިޔާސަތު ބައްޓަން ކުރަން ރާއްޖެ އިން އެއްބަސްވުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރާއްޖެ

    ނޮޓް ރާއްޖެ، އެމްޑީޕީ އަދި އިސްރާއީލް

    77
    6
    • ޑަލޭ

      މިއަދު މިގައުމުގެ ގިނަ ރައްޔިތުންނަކަށްނޯންނާނެ އެމީހުންނީ ﷲ އަށްޓަކައި އުއްމަތަށްޓަކައި އިސްލާމްދީނަށްޓަކައޭބުނެ ސަލާމަތްވެވޭކަށް. މިގައުމުގެ ވެރިންނަށް މުސްލިމު އުއްމަތުގެ ދުޝްމަނުންގެ އެހީތެރިން ގެނައުމަށް ވޯޓް ކަރުދާހުގައި ފާހަގަ ޖެހި. މިގައުމަށް ހަލާކު ގެނައުމަށް މިވެރިކަން ގެނައި. ދިވެހިންނަށް ފެނުނީ ފައިސާ. ދީނެއް ހަނދާނެއްނެތް. ދީނޭ ބުނާއިރަށް އެވަނީ ވެރިކަން ކރާމީހުނާވަކި އެއްޗަކަށް. ވެރިކަމާ ދީން ވަކިކުރި. މިއަދު ޔަމަންގެ ހާލަތު ދެކިބަލަ. ސެންޓްރަލް އެފްރިކަން ރިޕަބްލިކް ދެކެބަލަ. ޑިމޮކްރަސީ ގެނެސް ވެރިކަމާ އެއް ހަމައެއްގައި ދީން ކިޔަން ބޭނުންނުވި. ވަކިކޮށްލީ. ފައިސާއަށްޓަކައި ޔަހޫދީންގެ އެހީތެރިކަމާއެކު ވެރިކަން ބަދަލިކުރި. ﷲ މިގައުމުގެ ރައްޔިތުންގެ މިނުބައިއަމަލުގެ ސަބަބުން ޔަމަންއަށް މެދުވެރިވިފަދަ ނިކަމެތި ހާލަތެއް މިންވަރު ނުކުރައްވާށި. އާމީން.

      11
      • ޖޯޖް

        ނަމާދަކައް ބަރާބަރައް ނަރާހުރެ ދީނޭ ކިޔަން ކަލޭ ލަދެއް ނުގަނޭތަ

  2. މޮހަނު

    މީ އިންޑިޔާ ގެ އަވަށެއް ވީމަ ވާނީ އެހެން ދޯ

    42
    7
  3. އައި

    އެމް ޑީ ޕީ އިޒުރޭލު

    53
    3
  4. ޢިބުތަހީމް

    ޢަދުގެ ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ދިވެހިންގެ ނިންމުމަކަށްވާނީ. މުޅިދަޢަތް އެވަނީ ދިވެހި އަދި އިސްލާމީ ވަންތަކަން ދޫކޮށް ލާދީނީ ސިޔާަަތިތަކާއި ދިމާލަށް މިސްރާބްކޮށްފަ. މިހާރު މިއީ، އިސްލާމީ މިނިވަންދަޢުލަތެކޭ ބުނާނީ ކިހިނަކުން. ދުނިޔޭގެ އެންމެ ޖާހިލް ދެ ވެރިކަމުގެ ދޭތެރޭ ދިވެހި ގަޢުމުމިވަނީ ތާށިވެފަ. ޢަދި އެޖެންޑާ 19 ފެށުނީމާ ހުންނާނީ ރާކަނިމަސް ކެވިފަ. މިލިބޭ ގެއްލުމުގެ ބަދަލު ޤާސިމާއި މަޢުމޫން ދައްކަންވާނެ. ޢަދި ޢިމްރާންވެސް މިކަމުގެ ޒިންމާ ނަގަންވާނެ.

    30
    4
  5. ިއިގޭ

    ގައުމުގެ ބޮޑެތި ޣައްދާރުން އިސްވެރީންނައްލައިގެން ރައްޔިތުން ހީކުރަނީ ހެވެއްލިބިދާނެކަމައްތޯއެވެ. ހަމަ ތިރައްޔިތުންގެ ކަންކަން ދެން ނިންމާނީ އިންޑިޔާގެ ބީޖޭޕީއިން. ރާއްޖެއަކީ މިހާރު އިންޑިޔާއިން އިންޑައިރެކްޓުކޮއް ރޫލް ކުރާ ޖަޒީރާ ސުޓޭޓެއް.. މިކަން މިވަގުތު ފޮރުވިފައި އޮތަސް އެމްޑީޕީ ވެރިކަމުގައި މެޗުއާވެލާއިރައް ފާޅުކޮއްލާނެ. ބަލަން ތިބޭތި މިމީހުންނައް ވޯޓުލީއެންމެން. އަމިއްލަ ދެއަތުން އަމިއްލަ ވަތަން އިންޑިޔާއައް ތިތިބީދީގެން.

    36
    4
  6. މިލް

    أعوذ بالله

    13
  7. ފަސްކުޅަނދު

    އިޒްރޭލަށް ވުރެން ގަދަ ގައުމެއް ދައްކަބަލަ

    3
    5
  8. ވިސްނާ މީހަކަށް

    މީ ހަމަ ބޮޑުމިސާލެއް ވިސްނައިފިކޮންމެ މީހަކަށް.

    9
    1