އިސްރާއީލްގެ ބައެއް ސަރަހައްދުތަކުގައި އިއްޔެ ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް އެގައުމުގެ މެވޯ މޮދިއަމް ނަމަކަށް ކިޔާ އަވަށް އެއްކޮށް އަނދާ އަޅިއަށް ވެއްޖެއެވެ.

މެވޯ މިދިއަމް އަވަށަކީ އިސްރާއީލްގެ މެދުތެރޭގައި އޮންނަ އަވަށެކެވެ. އެއީ 300 ވަރަކަށް މީހުން ދިރިއުޅޭ އަވަށެއް ކަމަށް ވެއެވެ. އެއަވަށުގެ އިމާރާތްތަކުގައި އަލިފާން ރޯވީ އެސަރަހައްދުގައި ހުރި ފަރުބަދައެއްގެ މަތީގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން ނިއްވާ ނުލެވި، އިތުރަށް ފެތުރިގެން ދިއުމުންނެވެ.

މެވޯ މިދިއަމް އަވަށަށް އަލިފާންގަނޑު ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން އެވަށުގެ އެންމެން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން އެއަވަށުގެ މީހަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އެހެން ސަރަހައްދަކުން މިއަދު ވަނީ އުމުރުން ދުވަސްވީ މީހަކު މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ ހީޓް ސްޓްރޯކެއް ޖެހުމުގެ ސަބަބުންނެވެ.

އަނދައިގެން ގޮސްފައިވާ އިސްރާއީލްގެ އަވަށް
އަނދައިގެން ގޮސްފައިވާ އިސްރާއީލްގެ އަވަށް

ހޫނު ގަދަވުމުގެ ސަބަބުން އިސްރާއީލްގެ 100 އަށް ވުރެ ގިނަ ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަމަށް ފުލުހުން ކުރި ބުނި ނަމަވެސް ފަހުގެ ރިޕޯޓްތައް ލިބޭ ގޮތުގައި 800 އަށް ވުރެ ގިނަ ސަރަހައްދުގައި އަލިފާން ރޯވެ ދަނީ އިތުރަށް ފެތުރެމުންނެވެ. އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި ހޫނުމިން މިއަދު ހުރީ 45 ޑިގްރީ ގައެވެ.

ރޯވެފައިވާ އަލިފާންގަނޑުތައް ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ މިހާތަނަށް 3500 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ މިހާރު ވަނީ ކުއްލި ހާލަތުގައި އަމަލު ކުރާނެ ޕްލޭނާއި ބެހޭ ގޮތުން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ގިލާދް އެރެދަން އާއި މަޝްވަރާ ކޮށްފައެވެ.

އިސްރާއީލްގެ ފަޔާފައިޓަރުންގެ ކޮމިޝަނަރު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އަލިފާންގަނޑު ނިއްވަން ބައިނަލްއަޤުވާމީ އެހީތެރިކަމަށް ވެސް އެދެން ޖެހިދާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެހީތެރިކަމަށް އެދޭނެ ގައުމުތަކާއި އެކު މިހާރު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ ފަހަކަށް އައިސް އިސްރާއީލްގައި ރޯވި އެންމެ ނުރައްކާތެރި އަލިފާނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަހުމަދު

    ﷲ އަށް ޙަމްދު ހުރި ..

    180
    2
  2. ޢަހުމަދު

    ދުނިޔޭގެ ތިބިބަޔަކަށް އިބްރަތެއް ...

    170
    1
  3. Anonymous

    ﷲ ގެ ކޯފާ! ❤

    177
    4
  4. ސައީދު

    އަލްޙަމްދުލިﷲ

    162
    5
  5. ޕޮފުބާ

    މިސައިލް ހަމަލާ ފޮނުވައިގެން ނިއްވާ

    137
    1
  6. ހުދުހުދު

    ޑިސްލައިކް ދެނީ ޔަހޫދީންގެ ބައިގަނޑުގެ މީހުން

    178
    6
  7. ނަތަންޔާހޫ

    ޔާﷲ އިޒްރާއީލް ގަދަފަވެގެން ވާ ކޯފާއެއް ފޮނުއްވާ އެގައުމު ބަނޑުންޖައްސަ ވާންދޭ އަދި ފަލަސްދީންގެ މުސްލިމުން ނަށް އަމަންކަންދެއްވާފާންދެ

    219
    2
    • ޠުމަ

      އާމީން

      106
      1
  8. ވޗ

    الحمد لله ربالعالمين ..
    الله ގެ ކޯފާ ނިކަން ދެކިބަލަ...

    131
    4
  9. ނހލ

    ﷲ އަށް ޙަމްދު ހުރި ..

    117
    2
  10. އަހްމަދު

    އަލްހަމްދުﷲ

    78
    2
  11. Anonymous

    ޙުންނާނީ ކޮންމެރޯދަމަހަކާ ދިމާކޮށް ފަލަސްތީން ގެކުށެއްނެތް ރައްޔިތުންނާ ގެޅިގަނެގެންތެޅޭ އިސްރާއީލްގެ އުދުވާނުންނައް ރާކަނިމަސްކެވިފަ. ﷲއަކްބަރް. ﷲއަކްބަރް ﷲއަކްބަރް

    100
    2
  12. ރޮނާލްޑޯ

    الحمد لله??

    34
  13. ސާލިހް

    އިޒްރޭލް ރައްޔިތުން އަލިފާނުން ސަލާމަތް ކުރައްވާ ހެޔޮވިސްނުން ދެއްވާދޭވެ

    21
    9
  14. ޒޒ

    މި އަލިފާން ގަނޑަކީ ނަތަންޔާހޫ އަށް ދައްކަވާ އިމްތިހާނެއް ކަމުގައި ލައްވާންދޭވެ. އާމީން

    50
    3
  15. މޫސަ

    އަލްހަމްދު ﷲ . މިނުބައި މީހުން ނެތި ކުރައްވާ ވަރުގަދަ ބައްޔަކުން ބަލިކުރައްވާންދޭވެ. މިއަޅަ ކުރަމުން އައި ދުއާ އިބަ ﷲ އިޖާބަކުރައްފީމުއެވެ. ﷲ އަކުބަރު

    42
    1
  16. ޟަރާ

    الحمدالله الله أكبر

    15
  17. ބުއްދި

    އަނބިމީހާއަށް މި ހެޑްލައިން ދައްކާފައި ފެން ތަށްޓެއް ބޮއިގެން އެނދަށް އަރައި ފުރަގަހަށް އެނބުރި އޮވެގަ ދެން.

    1
    1