އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމުގެ މައްސަލައަށް ހައްލެއް ހޯދަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުން ބޮޑުވަޒީރު ތެރީސާ މެއި މިއަދު އިސްތިއުފާ އިއުލާން ކުރެއްވިއިރު ކީރިތިކުރައްވައިފިއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައަށް ހައްލެއް ނުގެނެވި މެއި އިސްތިއުފާ ދެއްވަން ޖެހުނީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް އެކަމަނާގެ ޕާޓީ އަށް އޮވެ، ނަމަވެސް އަމިއްލަފުޅު ޕާޓީގެ ގިނަ މެންބަރުން އެކަމަނާގެ ޕްލޭންތަކާއި ދެކޮޅު ހެއްދެވުމުންނެވެ.

މެއި މިއަދު ވިދާޅުވީ "އަޅުގަނޑަށް މަސައްކަތް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހުރިހާ މަސައްކަތެއް ވެސް ކުރިން" ކަމަށެވެ.

ހިތާމައިގެ ސަބަބުން ތުރުތުރުއަޅަމުން ދިޔަ އަޑާއި އެކު މެއި ވިދާޅުވީ "ބްރެކްޒިޓް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިކަން ގަބޫލުކޮށް މިއަދު ފަހަތައް ޖެހިލަން ނިންމައިފިން" ކަމަށެވެ.

މެއި މިއަދު ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އަންނަ މަހުގެ 07 ވަނަ ދުވަހު އެކަމަނާ އިސްތިއުފާ ދެއްވާނެއެވެ. ޕާޓީގެ ލީޑަރަކު އައްޔަންކޮށް ބޮޑުވަޒީރު ކަމަށް ލީޑަރު ގެނެވެންދެން ބޮޑުވަޒީރު ކަމުގައި ހުންނަވާނެ ކަމަށް ވެސް މެއި ވިދާޅުވިއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައިގައި އަލުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް މެއި މަސައްކަތް ކުރެއްވެވި އެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން އެކަމަކަށް ނުލިބުނެވެ. ދެން މެއި މަސައްކަތް ކުރެއްވީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބޭނުންވާ ކަންތައްތައް އެއްބަސްވުމަށް އިތުރު ކުރާށެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބޭނުންވާ ކަންތައްތައް ހިމެނުމަށްޓަކައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ އެއްބަސްވުން އެކުލަވާލަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް މިހާރު އަމިއްލަފުޅު ޕާޓީގެ ތެރެއިން ކުރިމަތިވަމުންދާ ދެކޮޅުހެދުންތަކުގެ ސަބަބުން މެއި އަށް މިމައްސަލައިގައި ހައްލެއް ނުހޯދޭނެކަމަށް ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވާތާ ވެސް މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައިގައި ކޮންޒަވޭޓިވުން ވަނީ މައިގަނޑު ދެބަޔަކަށް ބެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބަނު

  އީޔޫ އަކީ ކޮންތަނެއްތަ؟ ހަބަރެއް ގެންނަ އިރު ދިގު ގޮތަށްވެސް އެއްފަހަރު ނަމަވެސް ބުނެދިނުން ރަނގަޅު ކަންނޭންގެ

  16
  • އަޒާ

   އެއީ ޔޫރަޕިއަން ޔޫނިއަން...

   13
 2. އަޒާ

  ކީރިތި ކުރައްވަމުންނޭ....؟؟؟؟؟

  12
  21
  • ޞ

   ކީރިތިކުރައްވަނީ ރަސޫލުބޭކަލުންނެއްނޫންތަ؟

   11
   5
   • ތުނިޔަ

    ރުއިމުގެ އެއްމެ މާތް ގޮތް: ކީރިތި ކުރެއްވުން.

    3
    6
 3. ބަދަވި

  މާދަން ނުކުމެ ނުބުނާނެބާ ބަގާވާތެކޭ

  22
  2
 4. ހުސޭނުބޭ

  އެކޮއި! ދެން ނުރޮއި!

  16
  1
 5. ކެތި

  މާމާ ހުއްޓާލާފަ ހިނގާ ޖަޒީރާ ރާއްޖެއަށް.

  27
  1