އިސްރާއީލްގައި އަލިފާން ރޯވެ، ކޮންޓްރޯލެއް ނެތި އަލިފާންގަނޑުތައް ފެތުރެމުން ދާތީ އަލިފާން ނިއްވުމުގައި އެހީތެރިވާން ފަލަސްތީނުން ނިންމައިފިއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެންމެ ބުނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުން އެދިފައިވާ ކަމަށެވެ.

ފަލަސްތީނުގެ އިތުރުން ރަޝިއާ އިން ވެސް ވަނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތަކަށް އެދިފައެވެ.

މިސްރުން މިހާރު ވަނީ އަލިފާން ނިއްވަން ބޭނުން ކުރާ ދެ ހެލިކޮޕްޓަރު އިސްރާއީލަށް ފޮނުވާފައެވެ. އަދި ސައިޕްރަސް އިން ވަނީ ފަޔާފައިޓަރުންގެ ޓީމެއް އިސްރާއީލަށް ފޮނުވާފައެވެ.

މީގެ އިތުރުން އިޓަލީ، ގްރީސް، ކްރޮއޭޝިއާގެ ފަޔާފައިޓަރުން ވެސް މިއަދު އިސްރާއީލަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަލިފާން ނިއްވުމުގައި އެހީތެރިވުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުން އެދުނު ނަމަވެސް ފަލަސްތީނުގެ އެހީތެރިކަން ގަބޫލު ކުރަން ނިންމާފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް ނަތަންޔާހޫ ނުބުނެއެވެ.

ނަތަންޔާހޫ ބުނީ އަލިފާން ނިއްވުމުގެ އޮޕަރޭޝަން އަދިވެސް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

"ރޭގަނޑާއި ދުވާލު އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ. ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ނުހިނގާނެ ގޮތައް ޕްލޭންތައް ތައްޔާރު ކުރަން ޖެހޭ." ނަތަންޔާހޫ ބުންޏެވެ.

ބުދަ ދުވަހުން ފެށިގެން އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އަލިފާން ކޮންޓްރޯލް ކުރަން ކުރަމުން ގެންދާ މަސައްކަތުގައި އަދި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. މިއަދު ވެސް ބައެއް ސަރަހައްދުތަކުގައި އިތުރަށް އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވަމުން ދަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. މިއަދު އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި ހޫނު މިން ހުރީ 43 ޑިގްރީއަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ﷲ އަކްބަރު

    70
  2. މަ

    ކޮންފަދަ ރީތި ނަމޫނާއެއްތޯ

    90
    6
  3. ކައުންސެލަރު

    މާދަމާ އިޒުރޭލު ނިކުންނާނެ ފަލަސްޠީނު މީހުން މަރަން

    23
    1
  4. މަހޭޝް

    ތިކަހަލަ ކަންތަކަށް ނަމޫނާއޭ ނުކިޔާނެ

    9
    3
  5. Anonymous

    ނަމޫނާއެއް . އެކަމަކު އެއީ ހިތްތަކުގަ ޖަހާލަތުގެއަނދިރިކަން އަށަގަންްފައިވާ ޖާހިލުބައެއް .އެބައިމީހުންނައް ކިތަންމެހެޔޮކޮށް ހިތިޔަސް ހިންދެމިލެވޭހާއިރުން އެޖާހިލުކަންވާނީ ދެގުނަ.

    14
  6. Anonymous

    Nivvane kameh ney hama nivey irah gazzaage rayyathun maran nikunnaane

    12