އިސްރާއީލުން ބޭނުންވާ ގޮތައް އެމެރިކާ އިން އެކުލަވާލާފައިވާ ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލު ގެންނާނެ ކަމަށް ބުނާ އެއްބަސްވުމާއި ބެހޭ މަޝްވަރާތައް ކުރަން އެމެރިކާ އިން އިންތިޒާމް ކުރާ ސަމިޓްގައި ބައިވެރިވާން ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމުގައި ފަލަސްތީނުގައި އަސްކަރީ ބާރެއް އޮތުން މަނަލެވެ. ބޭރުގެ ހަމަލާތަކުން ފަލަސްތީން ދިފާޢު ކުރާނީ އިސްރާއީލުން ކަމަށް އެއްބަސްވުން ބުނެއެވެ. އޭގެ އިތުރުން ވެސް އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް ހުރީ އިސްރާއީލުން ބޭނުންވާ ގޮތަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާ އިން ބާއްވާ ސަމިޓަށް މަރުޙަބާ ކިޔާފައެވެ. ޔޫއޭއީ އިން ބުނީ ގުދުސްގެ އިރުމަތީގައި ފަލަސްތީންގެ ވަކި ދައުލަތެއް ގާއިމް ކުރަން އެގައުމުން ތާއިދު ކުރާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ވެސް ބުނީ އެގައުމުގެ ވަޒީރަކު މިސަމިޓްގައި ބައިވެރިވާނެ ކަމަށެވެ.

އެމެރިކާ އާއި ބަހްރޭން ގުޅިގެން ބަހްރޭންގައި ސަމިޓް އޮންނާނީ އަންނަ މަހުގެ 25 އިން 26 އަށެވެ. މި ސަމިޓްގައި އެމެރިކާގެ ސުލްހައިގެ އެއްބަސްވުމުގެ ބައެއް ރަސްމީކޮށް އިއުލާން ކުރާނެއެވެ.

އެމެރިކާ އިން އެކުލާފައިވާ އެއްބަސްވުން މީގެ ދެހަފްތާއެއްގައި ދުވަސް ކުރިން އިސްރާއީލްގެ މީޑިއާތަކުން ވަނީ އާއްމު ކޮށްފައެވެ. ފަލަސްތީނުން ވަނީ އެއެއްބަސްވުން ގަބޫލު ނުކުރާނެ ކަމަށާއި އެއްބަސްވުމާއި ބެހޭ ގޮތުން އިތުރަށް ކުރާނެ މަޝްވަރާއެއް ވެސް ނޯންނާނެ ކަމަށް ބުނެފައެވެ.

ބަހްރޭންގައި ބާއްވާ ސަމިޓަކީ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ގޮތައް ފަލަސްތީނުން އަމަލު ކުރަން އެއްބަސްވުމުން ބަދަލެއްގެ ގޮތުން ދޭނެ ފައިސާގެ އަދަދާއި، އިޤުތިޞާދީ އެހީތަކާއި އަރަބި ގައުމުތަކުން ފަލަސްތީނުގައި ހިންގާނެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ސަމިޓެކެވެ.

އެމެރިކާ އިން އެކުލަވާލާފައިވާ އެއްބަސްވުން ގަބޫލު ނުކޮށްފިނަމަ އިސްރާއީލާއި ފަލަސްތީނަށް އަދަބު ދޭނެ ކަމަށް އެއެއްބަސްވުމުގައި ބުނެފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޖުމުއްދީނު

    ސައުދީ ވެސް ޔޫއޭއީ ވެސް ވިކިހުސްވީ މުސްލިމުންނޭ ބުނާތީ ވެސް ލަދުގަނޭ

    53
    1
  2. ޙަބީބު

    އެމެރިކާގެ ވޮޝިންޓަނަކީ ފަލަސްތީނުގެ ރަށެއްގެ ގޮތުގަ ހަދަން ފަލަސްތީނުން ސަމިޓެއްބާއްވާފަ އެމެރިކާ އޭގަ ބައިވެރި ވުމައް ދައުވަތުދީބަލަ

    53
  3. ޚަހގދގހ

    މަރުވީމަ މަ ހިތައް އަރާ ކީކޭބާއޭ ކިޔާނީ ...އުންމީދު ކުރަން ފަލަސްތީން އޭ ގުދުސް ްްްްްްްްް އޭކިޔާނެ ކަމައް.

    18
  4. ޛައްބެ

    ޔޫއޭއީ، ސައުދީ މުޅިންވެސް ފެންނަނީ ޔަހޫދީ ގޮތްގަނޑު، ޔަހޫދީންގެ ހިމާޔަތުގަ އެމެރިކާ ބޭނުންގޮތަކަށް އެބުރޭ 2 ބައިގަނޑު

    17
  5. ސަތޭކަ އެކާވީސް

    ޢެމެރިކާ ފަޅިއަށް ރާއްޖެވެސްލީމާ ފުރިހަމަވާނީ

    8
    1
  6. ރާޅު ބޯއީ

    ލާދީނީ ސަރުކާރުން ކޮމިޓީއެއް އެބަ ހަދަމޯ އެމެރިކާ ފަޅިއަށް އަރަން. ހުރި ހިތާމައެއްގެ ބޮޑު ކަމާއެ.

    2
    1