އެމެރިކާއަށް ދެމުންދާ އީރާންގެ އިންޒާރުތަކަށް ބިރުން، އިތުރު 1،500 ސިފައިން، ޓްރަމްޕް މެދުއިރު މައްޗަށް ފޮނުވައިފިއެވެ.

އެމެރިކާ އާއި އީރާންގެ ދެމެދުގައި ހަނގުރާމައެއްގެ ނުރައްކާ ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި ޓްރަމްޕް ސިފައިން ފޮނުވީ ޑިފެންސަށް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭގެ އިތުރުންވެސް މެދުއިރު މައްޗަށް އިތުރު 10،000 އެއްހާ ސިފައިންނާއި، މަނަވަރުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އެމެރިކާ އިން މިހާރު ވަނީ އީރާނަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނުގެ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދަށް ދަނީ ޖަމާ ކުރަމުންނެވެ.

އެމެރިކާ އިން އުޅެނީ ބިރުދައްކަން ކަމަށް ބުނެ އީރާނުން ވެސް ދަނީ އެމެރިކާ އަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

>އީރާނުންވެސް އެމެރިކާއަށް އިންޒާރު ދީފައިވާ އިރު، ޕެންޓަގަންގައި ކެބިނެޓަށް އެޑްރެސް ކުރަމުން ޓްރަމްޕް ބުނެފައި ވަނީ މެދުއިރުމަތީގައި ގެންގުޅޭ ޑިޕްލޮމެޓިކް ވިސްނުން ބަދަލުކުރަން ތައްޔާރުވާ ކަމަށެވެ. ސިފައިންނާއި މަނަވަރުތަކަކީ އީރާންގެ ބަސްތަކާ ގުޅިގެން ފޮނުވާ އެއްޗެހި ކަމަށް ޓްރަމްޕް އެއްބަސްވެފައިވާ އިރު، އޭނާ ވަނީ ހަރުކަށިކޮށް އެކަމަށް ޖަވާބުވެސް ދީފައެވެ.

ޓްރަމްޕް ބުނެފައި ވަނީ އޭނާ ބޭނުން އަދަދަކަށް ސިފައިން ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު