ސައުދީއަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާލަން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕް ކުއްލިގޮތަކަށް ނިންމަވައިފިއެވެ.

އެމެރިކާއިން ވިއްކާ ހަތިޔާރު ބޭނުން ކޮށްގެން ސައުދީން ޔަމަންގެ ރައްޔިތުން މަރަމުން ދަނިކޮށް ސައުދީއަށް އެތަށް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކާލަން ޓްރަންޕް ނިންމީ އީރާނުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށެވެ.

ޓްރަންޕުގެ މި ނިންމުން ދިފާއުކޮށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ބުނީ އެ ނިންމުން ނިންމަން ޖެހުނީ އީރާނުގެ ކިބައިން ރައްކާވާން ވީހާ ވެސް އަވަހަކަށް ހަތިޔާރު ބޭނުންވާތީ ކަމަށެވެ.

ނެޝަނަލް އެމަޖެންސީއެއް ކަމަށް ބުނެ އެމެރިކާގެ ކޮންގްރެސްއަށް ހުށައެޅުމެއް ވެސް ނެތި ސައުދީ އަށް ހަތިޔާރު ވިއްކަން ޓްރަމްޕް ނިންމާފައިވާއިރު ސައުދީއަށް ހަތިޔާރު ވިއްކުމާ މެދު އެމެރިކާގެ ބައެއް ސިޔާސީ ދާއިރާގެ ބޭފުޅުން ހިޔާލުތަފާތެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އެމެރިކާ އިން މިހާރު ވަނީ އީރާނަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނުގެ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދަށް ދަނީ ޖަމާ ކުރަމުންނެވެ.

އެމެރިކާ އާއި އީރާންގެ ދެމެދުގައި ހަނގުރާމައެއްގެ ނުރައްކާ ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މެދުއިރުމަށްޗަަށް އެމެރިކާގެ 1500 ސިފައިން ފޮނުވަން ނިންމާ އަދި އޭގެ އިތުރުންވެސް މެދުއިރު މައްޗަށް އިތުރު 10،000 އެއްހާ ސިފައިންނާއި، މަނަވަރުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އިއްޔެ ބުނެފައެވެ.

އެމެރިކާ އިން އުޅެނީ ބިރުދައްކަން ކަމަށް ބުނެ އީރާނުން ވެސް ދަނީ އެމެރިކާ އަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބިރ

    އީރާނު ސަރުކާރުން ޔަމަނުގެ ކިތަށް ރައްޔިތުން މަރާފިތަ އެވާހަކަވެް ޖަހާބަލަ

    2
    1