ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް އެމެރިކާގެ ރައީސް ޓްރަންޕް ވަޑައިގަތުމުގެ ގަޑިއިރުތަކެއް ކުރިން އެ ސިޓީ އަށް ބިންހެލުމެއްގެ ލޮޅުތަކެއް އަރައިފިއެވެ.

ޖަޕާނުގެ ގައުމީ ޓީވީން ބުނިގޮތުގައި މެގްނަޓިއުޓް 5 ގެ ބާރުގަދަ ލޮޅުތަކެއް ޓޯކިޔޯ ސިޓީއަށް އައިއިރު މި ބިންހެލުމުގެ އަސްލު ހުރީ ޗީބާ ޕްރިފެކްޗަރ ދިމާލަށް ކަމަށެވެ. ޗިބާ އަކީ ޓްރަންޕް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތެރެއިން ޓްރަންޕް އަދި ޖަޕާނުގެ ބޮޑުވަޒީރު ސިންޒޯ އަބޭ ގޮލްފް ކުޅުމަށް ތައްޔާރު ކޮށްފައިވާ ހިސާބެކެވެ.

މި ބިންހެލުމުގައި ޓޯކިޔޯގެ އިމާރަތްތައް ހެލުނު އިރު ސުނާމީގެ އިޒާރެއް ނެރެފައެއް ނުވެއެވެ.

ޖަޕާނަށް ބިންހެލުމެއްގެ ލޮޅުން އެރި އިރު 2011 ވަނަ އަހަރު މޭ މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ސަބަބުން، އެ ޤައުމަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާ ވަރުގެ ޤުދުރަތީ މުސީބާތެއް ވަނީ ކުރިމަތިވެފައެވެ.

މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑަކީ 9.0 އެވެ. މި ބިންހެލުމަކީ ރިކޯޑުތައް ބަލަހައްޓަން ފެށީއްސުރެ ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

1900 ވަނަ އަހަރަށް ފަހު ދުނިޔެއަށް އައި ހަތަރުވަނަޔަށް އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ބިޔަ ރާޅުތަކުގެ ސައިލު ޖަޕާނުގެ އެތައް ޝަހަރަކާއި އެތައް އަވަށެއް ބަނޑުދަށުލަމުން ދެމިގެން ދިޔުމަށް ފަހު މިހާރު ޖަޕާން އޮތީ ކަރުނައިގެ ސައިލެއްގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 20000 އަށް ވުރެ ގިނަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު