އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ތިން މައްސަލައިގައި އޭނާގެ މައްޗަށް ޖަލު ޙުކުމެއް އަންނާނެކަމަށް ބެލެވޭ ކަމުގައި އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

ބޮޑުވަޒީރު ކަމަށް އިތުރު ދައުރެއް ކަށަވަރު ކުރަން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނަތަންޔާހޫ އަށް މިހާރު ލިބިފައި އޮތްނަމަވެސް ސަރުކާރެއް އެކުލަވާލަން އޮތް ހުރަހަކީ ވެސް ނަތަންޔާހޫ އަށް ޖަލު ޙުކުމެއް އައުމުގެ ބިރު އޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންނަ އަންގާރަ ދުވަހުގެ ކުރިން ނަތަންޔާހޫ ސަރުކާރެއް އެކުލަވާލަން ޖެހެއެވެ. ސަރުކާރެއް އެކުލަވައި ނުލެވިއްޖެނަމަ އަނެއްކާވެސް އިސްރާއީލްގައި އާއްމު އިންތިޚާބެއް ބާއްވަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަތަންޔާހޫ އާއި ދެކޮޅު މީހުން މިއަދު ވަނީ ނަތަންޔާހޫ ޖަލު ޙުކުމަކުން ސަލާމަތް ވުމަށް ޤާނޫނެއް ހަދަން އުޅޭ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. މުޒާހަރާ ކުރި މީހުން ގޮވާލާފައި ވަނީ ބޮޑުވަޒީރަށް ހާއްސަ އިމްތިޔާޒްތަކެއް ލިބިދެވޭ ގޮތައް ޤާނޫނެއް ފާސްކުރުމަކީ ޑިމޮކްރަސީ މަރާލުން ކަމަށެވެ.

ނަތަންޔާހޫ އަށް ހާއްސަ އިމްތިޔާޒްތަކެއް ލިބޭ ގޮތައް ޤާނޫނެއް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ނަމަވެސް އިސްރާއީލްގެ ކޯޓުތަކުން އެޤާނޫނު ބާތިލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ނަޔަަންޔާހޫ އަށް ޖަލު ޙުކުމުން ސަލާމަތް ވުމުގެ ދޮރުތައް ގާތްގަނޑަކަށް ވަނީ ބަންދުވެފައެވެ.

ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައިގެ ތަޙްޤީޤު ނިންމާ މިހާރު އޮތީ ޝަރީޢަތް ފެށުމުގެ މަރުހަލާގައެވެ. ތިން މައްސަލައިގައި ވެސް ފުލުހުން ވަނީ ނަތަންޔާހޫގެ މައްޗަށް ގިނަ ހެކިތަކެއް ހޯދާފައެވެ.

އިސްރާއީލްގެ ބައެއް ބޮޑުވަޒީރުން މަގާމުގައި ތިއްބާ މީގެ ކުރިން ވެސް ޖަލަށް ލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ބުރުމާ ގާސިމު ގެންދާންވީ ތިޔަތަނައް ބަގާވާތް ކުރާން. ދުނިޔެއިން ބަގާވާތް ކުރާ ގޮތް ކިޔާވާފަ ހުރީ ގާސިމު އެކަނި. ބަގާވާތުގެ ފޮތްބޮނޑި އޮތީ ގާސިމު އަތު.

    7
    15
  2. ނަޝީދުން

    ޖުޑީޝަރީ ރިފޯމު ކުރާންވީ... މިވެރިން ގެންގުޅޭ އެޖެންޑާ19 ގައި އޮންނަގޮތަށް ކޯޓުތަކަކީ މަޖިލީހުން ފާސްކުރާ ޤާނޫނުތަށް ބާޠިލު ނުކުރެވޭ ތަނަކަށް ހަދަންވީ... އޭރުން މަޖިލީހުން ތިބޭނުންވާ އިމްތިޔާޒުތަކެއް ހޯދައިގެން ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރެވޭނެ... އެޖެންޑާ19 އާ އެއްގޮތަށް ޖުޑީޝަރީ އިސްލާހު ނުކުރެވިއްޖެނަމަ (މުށުތެރެއަށް ނުލެވިއްޖެނަމަ) ސަލާމަތެއް ނެތް.

    3
    1
  3. ނަޖްވާ

    ޑިމޮކްރަސީ އޭ ކިޔައިގެން ބަލަގަ މައުސޫމު ބަޔަކަށް ކޮންފަދަ އަނިޔާ އެއްތަ އެ ޤައުމުގެ މީހުން އެ ކުރަމުން ދަނީކީ؟

    13